އެމްޑަބްލިއުއެސްސީ ބިލްޑިން / ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
02 Jan 2025 | 11:09
މާލެ ސަރަހައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރަނީ

މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢަބްދުލްމަތީން ވިދާޅުވީ އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަމަށެވެ. އެހެން ކަމުން އައު ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. 

"އައު ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިވަނީ ފަށާފައި. ހުޅުމާލޭގައި 5000 ޓަނުގެ ޕްލާންޓެއް އަދި މާލޭގައިވެސް 5000 ޓަނުގެ ޕްލާންޓެއް މި ހޯދަނީ. 2025 ވަނަ އަހަރު މި ޕްލާންޓް ބަހައްޓާނަން. އަޅުގަނޑުމެންޖެ އަމާޒު ހުރީ، ފެން އުފައްދާ ކެޕޭސިޓީ ދެ ގުނައަށް އިތުރުކުރުން." 

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު

މަތީން ވިދާޅުވީ މި ޕްލާންޓާއެކު، މިހާރު މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު %30 އިތުރުކުރެވޭނެކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ފެނުގެ ރައްކާތެރިކަން އިތުރުކުރުމަށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި މަސައްކަތް މި އަހަރުގެ ކުރީކޮޅު ނިންމާނެކަމަށް ޢަބްދުލްމަތީން ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ފެނުގެ ޚިދުމަތް ދިނުމަށް މިހާރު ޤާއިމުކޮށްފައިވާ ޕްލާންޓްތަކަކީ ދުވާލަކު 20000 ޓަނުގެ ފެން އުފައްދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. މާލެ ސަރަޙައްދުގައި މިހާރު ދުވާލަކަށް 11000 ޓަނަށްވުރެ ގިނަ އަދަދަކަށް ފެން ބޭނުންވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.