ހައްޖު ކޯޕަރޭޝަނުގެ އުމްރާދަތުރުގެ ތެރެއިން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން.. ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
02 Jan 2025 | 22:36
މިފަހަރުގެ އުމްރާ ދަތުރުގެ އެންމެ ހާއްސަކަމަކީ، އާއިލާތަކުގެ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނުން: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމުކުރި ޑިސެމްބަރުމަހުގެ އުމްރާދަތުރުގައި ރެކޯޑް އަދަދަކަށް އުމްރާވެރިން ހިމެނޭއިރު މިފަހަރުގެ އުމްރާ ދަތުރުގެ އެންމެ ހާއްސަކަމަކީ، އާއިލާތަކުގެ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނުންކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުގެ ޑިސެމްބަރު އުމްރާ ފާހަގަވެގެން ގޮސްފައިވަނީ، މިހާތަނަށް އެއްފަހަރެއްގެ ތެރޭގައި އެންމެގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ފުރި ދަތުރުގެ ގޮތުގައެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ދިވެހިރާއްޖެއިން އެއްވަގުތަކާ އެންމެ ގިނަ ޢުމްރާވެރިން ޢުމްރާގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް މައްކާގައި ތިއްބެވި މިދުވަސްވަރު ޙައްޖު ކޯރޕަރޭޝަނުން އަންނަނީ 800 އަށް ވުރެ ގިނަ ޢުމްރާވެރިންނަށް ޚިދުމަތް ދެމުންނެވެ. އެ ގޮތުން އެ ކޯޕަރޭޝަނުގެ ހަވާލުގައި މިވަގުތު 822 ޢުމްރާވެރިން ތިބިކަމަށް ހައްޖު ކޯޕަރޭޝަނުން ބުންނެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، މި ފަހަރުގެ ދަތުރުގައި ދިވެހިންނާއެކު، އެ އާއިލާތަނަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވާކަމީ ދިވެހި ޢާއިލާތަކުން ޙައްޖު ކޯރޕަރޭޝަނަށް އިތުބާރު ކުރާކަމާއި، އެ ކޯޕަރޭޝަނުގެ މަސައްކަތްތައް ބަލައިގަންނަ ކަމުގެ އަލިގަދަ ހެތްކެއް ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ އުމްރާދަތުރުގެ ތެރެއިން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން.. ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޙައްޖު ކޯރޕަރޭޝަނުން ވަނީ އެހެނިހެން ޢުމްރާ ދަތުރު ތަކެކޭ އެއްފަދައިން މި ދަތުރުގައި ވެސް ދަތުރުގައި ބައިވެރިވާ ކުދިންނަށް ޚާއްޞަ ކޮށްގެން ދީނީ މަޢުލޫމާތު ތަކާއި އެކު ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. ކުޑަކުދިންގެ ދީނީ ހަވީރު ކުރިއަށްގެންގޮސްފައިވަނީ ޙައްޖު ކޯރޕަރޭޝަނުން ސަޢުދިޢަރަބިއްޔާގެ މައްކާގައި ހިފާފައި ހުންނަ އަލަބަލަދުއް ޠައްޔިބް،އަޖްޔާދު ހޮޓަލުގައެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށްދިޔަ ފަރާތްތަކަށް އެކުންފުނީގެ ފަރާތުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ބުނެފައިވަނީ، ހުރިހާ ޢުމްރާވެރިން މައްކާ މަދީނާ އާއި ދެމެދު ދަތުރު ކުރުމުގައި ބޭނުންކުރީ ހައި ސްޕީޑް ރޭލުގައި ކަމަށެވެ. އަދި މިދަތުރުގައި ބައިވެރިވި އަންހެން ފިރިހެން ހުރިހާ ޢުމްރާވެރިންނަށް ރައުޟާ އަށް ވަދެވުނުކަން ހައްޖު ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.