އިނގުރައިދޫ އަށް އުދައަރާފައި: ފޮޓޯ/ އިނގުރައިދޫ ކައުންސިލް
ހަބަރު
03 Jan 2025 | 14:45
އުދަ އަރައި އިނގުރައިދޫގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް

ރ. އިނގުރައިދޫގެ ގިރާ ސަރަޙައްދުގައި ހުރި ގެތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އިނގުރައިދޫ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ ގިރާ ސަރަޙައްދުގައި އޮތް ކިނބިގަސްގެއަށް ކަމަށެވެ. މި ގެއަށް ލޮނުގަނޑު ވަންނަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ 2024 ވަނަ އަހަރު ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ކަމާބެހޭ މިނިސްޓްރީގެ ބޭފުޅުން ރަށަށް ޒިޔާރަތްކޮށް ސާރވޭކުރި ނަމަވެސް، މިހާތަނަށް އެއްވެސް ޢަމަލީ މަސައްކަތެއް ނުކުރެވި އޮތުމުގެ ސަބަބުން، މޫސުން ގޯސް ދުވަސްވަރު އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުން ލިބެމުންދާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ރައްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ އިޖާބައެއް ނުލިބި، މި އިރުވައި މޫސުމުގެ ގަދަ ދުވަސްވަރު ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މޫސުން ގޯސްވެ އެކި ރަށްތަކަށް ގެއްލުންތައް ވަމުންދާއިރު އެންޑީއެމްއޭއިން ދީފައިވާ މަޢުލޫމާތުގައި، ބޯކޮށް ވާރޭވެހުމާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި އުދަ އެރުމުގެ ސަބަބުން ށ. ނަރުދޫ އާއި ރ. އިނގުރައިދޫ ހިމެނެއެވެ. އަދި ވާރޭވެހި ފެންބޮޑުވެގެން ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. ނިލަންދޫ އަދި ފ. މަގޫދޫ ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި، މިހާތަނަށް އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.