ދިވެހި ޚާރިޖީ ވަޒީރު އިންޑިޔާގެ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުއާއި ބައްދަލު ކުރެއްވުން: ފޮޓޯ/ ޚާރިޖީ ވުޒާރާ
ހަބަރު
03 Jan 2025 | 17:05
ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގައި އިންޑިއާއިން ދޭ އެހީތެރިކަމަށް ސަރުކާރުން ޝުކުރުއަދާކޮށްފި

ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގައި އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުالله ޚަލީލް އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރު މިއަދު ނިއު ދިއްލީގައި ބޭއްވި ރަސްމީ މަޝްވަރާތަކުގެ ހުރިހާ ދާއިރާއަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.

މީގެ ތެރޭގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިން އިސްކަންދެއްވި ދާއިރާތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނެވެ.

މި ބައްދަލުވުމުގައި ދެ މިނިސްޓަރުންވެސް ދެ ޤައުމަށް މުހިންމު ކަންކަމުގައި ދެފަރާތުން އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާއިރު، މިފަދަ މަސައްކަތްތައް ދެ ޤައުމުގެ ގުޅުމުގެ ތެރެއިންނާއި ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އިޤްތިޞާދީ ގުޅުމާއި، އިންޑިއާގެ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ކުރިއެރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވިފައިވާ ކަމަށާ، ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގައި އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ.

އަދި އިޤްތިޞާދީ، ވިޔަފާރި އަދި އިންވެސްޓްމަންޓް ގުޅުން ކުރިއެރުވުމުގައި އިންޑިއާއިން އަދާކުރާ ދައުރަށާއި، ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ކުރާ މަސައްކަތަށް ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ.

ދެ މިނިސްޓަރުންވެސް ދިވެހިރާއްޖެ އަދި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމަށްފަހު، ދެ މިނިސްޓަރުން ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެމްއޯޔޫގައި ސޮއިކުރައްވާފައެވެ. މި އެމްއޯޔޫގެ ދަށުން ރައްޔިތުންނަށް ސީދާ ފައިދާކުރާނެ މަޝްރޫޢުތަކުގެ ތިންވަނަ ފިޔަވަހި ފަށައިގަނެވޭނެވެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.