ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ކައިރި ފުލުހުން އެތުރިގެން-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
04 Jan 2025 | 09:27
ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމަށް ފުލުހުން ދިޔުމުން ހުއްޓުވައިފި

ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް-ޔޯލް ހައްޔަރުކުރުމަށް އެގައުމުގެ ފުލުހުން ދިޔުމުން، ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި، ޔޫން ހައްޔަރުކުރުން ހުއްޓުވައިފިއެވެ.

މިމަހުގެ 3 ވަނަ ދުވަހު އޭނާ ކުއްލި ގޮތަކަށް މާޝަލް ލޯ އިއުލާނު ކުރުމާއި ގުޅިގެން ޔޫން ހައްޔަރުކުރުމުގެ އަމުރު އެގއުމުގެ ކޯޓުން ނެރެފައިވާއިރު، އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނާއި އިންވެސްޓިގޭޓަރުން ހިމެނޭހެން 80 މީހުންގެ ޓީމެއް ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަނުމަށް މަސައްކަތްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އެގައުމުގެ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް (ސީއައިއޯ) ގެ އިންވެސްޓިގޭޓަރުން ބުނީ، ތަހުގީގަށް ސުވާލުކުރުމަށް ޔޫން ހައްޔަރުކުރުމަށް ދިޔުމުން ގާތްގަނޑަކަށް 200 ސިފައިންނާއި ރައީސްގެ ސެކިއުރިޓީ ޓީމުން އެމީހުން ހުއްޓުވާފައިވާކަމަށެވެ.

ޔޫން ހައްޔަރުކުރުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ދިޔައިރު، އެގައުމުގައި ޔޫންއަށް ތާއީދުކުރާ އާއްމުންވެސް ވަނީ ޔޫން ހައްޔަކުރުމާއި ދެކޮޅަށް އެ ސަރަހައްދުގައި އިހުތިޖާޖުކޮށްފައެވެ.

މިއާއިއެކު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެގައުމުގެ އިންވެސްޓިގޭޓަރުން މި އަމުރު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ޖެނުއަރީ 6 އާއި ހަމައަށް މުއްދަތް ދީފައިވާ މި އަމުރު އިތުރު ކުރުމުގެ ފުރުސަތުވެސް އެގައުމުގެ ކޯޓުން ދީފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވޯޓާއިއެކު ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރައީސްގެ މަގާމުން ޔޫން ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ މަގާމުން ވަކިކުރެވޭނީ އެގައުމުގެ ދުސްތޫރީ ކޯޓުން މަޖިލީހުގެ މި ނިންމުން ދަމަހައްޓައިފިނަމައެވެ.

ޔޫންގެ ފަހުން އެގައުމުގެ ވަގުތީ ރައީސްކަމާއި ހަވާލުވި  ހަން ޑަކް ސޫ ވެސް މަގާމުން ވަކިކޮށްފައިވާއިރު، މިހާރު އެގައުމުގެ ވަގުތީ ރައީސް ކަމާއި، ވަގުތީ ބޮޑު ވަޒީރުކަން ކުރައްވަމުން އަންނަ ޗޮއި ސަންގް މޮކް ވެސް ވަކިކުރާނެ ކަމުގެ އިންޒާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތިބި އިދިކޮޅު ފަރާތްތަކުން އަންނަނީ ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ