ނަރުދަމާގެ ހިދުމަތް-- ފޮޓޯ: ފެނަކަ
ހަބަރު
04 Jan 2025 | 14:30
މިދިޔަ އަހަރު ފެނަކައިން މުޅިން އަލަށް 21 ރަށަކަށް ފެން އަދި 4 ރަށަކަށް ނަރުދަމާގެ ހިދުމަތް ދީފި

މިދިޔަ އަހަރު މުޅިން އަލަށް 21 ރަށަކަށް ފެނުގެ ހިދުމަތް އަދި 4 ރަށަކަށް ނަރުދަމާގެ ހިދުމަތް ދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

ފެނަކައިން ބުނީ، އެ ކުންފުނިން ޚިދުމަތް ދޭ ރަށްރަށުގައި މެދުކެނޑުމެއްނެތި ޚިދުމަތް ދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނުކަމަށާއި، މާލީ ގޮންޖެހުންތަކާއެކުވެސް އައު ރަށްރަށުގައި ޚިދުމަތް ފެށުންފަދަ މުހިންމު ކަންކަން މިދިޔަ އަހަރެއް ހާ ދުވަހުގެ ތެރޭގައި ކުރެވުންކަމަށް ކުންފުނިން ވިދާޅުވެއެވެ.

ފެނަކައިން ޖުމްލަ 107 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނައިރު، އެ ކުންފުނިން ބަލަހައްޓަމުން ގެންދާ 31،092 އަށްވުރެ ގިނަ ފެނުގެ ކަނެކްޝަން ގާއިމްކޮށްފައި އެބަހުއްޓެވެ. ފެނަކައިން ބުނީ މީރުފެން އުފައްދާ ނިޒާމުތަކުން ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން އެބަހުރިކަމަށެވެ. 

މިއާއިއެކު، މިދިޔަ އަހަރު 5 ރަށެއްގައި ދުވާލަކު 564 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން އިތުރުކުރެވިފައިވާކަން ފެނަކައިން ފާހަގަކުރިއެވެ.

ރަށްރަށުގައި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ޤާއިމްކުރާ އައު 360 ހައުސިން ޔުނިޓަށް އަލަށް ފެނުގެ ކެނެކްޝަން ދިނުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި، އެ ކުންފުނިން 92 ރަށަކަށް ނަރުދަމާގެ ޚިދުމަތް ދެމުންގެންދިޔައިރު، ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގާކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

ފެނަކައިން އިތުރަށް ބުނީ، އެ ކޯޕަރޭޝަނުން މުޅިން އަލަށް މިދިޔަ އަހަރު 4 ރަށަކަށް ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް