މަސްވެރިން-
ހަބަރު
04 Jan 2025 | 17:23
އިތުރު ލުއިތަކާއި އެކު ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ލޯނަށް ހުޅުވާލަނީ

އިތުރު ލުއިތަކާއި އެކު ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ލޯނަށް ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މައުލޫމާތު ދެމުން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މިހާރު ކުރިއަށްދަނީ، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު، އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯން ސްކީމަށް އެދި ހުށައެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 19 މީހުންނާއިއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. 

އެ ވުޒާރާއިން ބުނީ، އަންނަ އަންގާރަ ދުވަހު އެސްޑީއެފްސީ ޕޯޓަލް މެދުވެރިކޮށް އާރްއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، ބޮޑެތި ލުއިތަކަކާއި އެކު މިފަހަރު ހުޅުވާލާއިރު، އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި މިފަހަރު ހުށަހެޅޭނެކަމަށެވެ.

މީގެ ކުރިން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މިކަމުގެ ސަބަބުން، ރަނގަޅު މަސްވެރިކަމެއްގައި މަސްވެރިން އައިސް ހޯދަން ދުއްވަން ޖެހޭ ދުއްވުން ހުއްޓިގެންދާނެކަމަށާއި، އައިސްޕްލާންޓް އަޅާފައި ހުންނަ ދޯނިތަކަށް ވަގުތު ސަލާމަތްވެ، ގިނަ ވަގުތު މަސްވެރިކަމުގައި ހޭދަ ކުރެވިގެންދާނެއެވެ.

އެ ވުޒާރާއިން ބުނީ، ދޯނިތަކުގައި އައިސްޕްލާންޓް އެޅުމުން މަސް ފިނިކޮށް ގިނަ ވަގުތު ގެންގުޅެވޭނެ ކަމަށާއި، މަހުން އުފައްދާ އެކި ބާވަތްތަކުގެ ކޮލިޓީ އިތުރުވާނެ ކަމަށެވެ. ހަމައެއާއިއެކު، ރާއްޖެ އަކީ ބާނާ މަހުގެ ބޮޑުބައި އެކްސްޕޯޓްކުރާ ގައުމަކަށް ވާއިރު، މަހުގެ ކޮލިޓީ ރަނގަޅުވުމުން ބޭރުގެ ބާޒާރުތަކުން މަހަށް ރަނގަޅު އަގު ލިބުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.