އިޓޫކާ، އޭނާގެ 116 ވަނަ އުފަންދުވަސް ފާހަގަކުރަނީ.. ފޮޓޯ: އޭއެފްޕީ
ހަބަރު
04 Jan 2025 | 22:30
ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީމީހާ އުމުރުން 116 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި މިހާތަނަށް އުމުރުން އެންމެ ދުވަސްވީމީހާގެ ގޮތުގައިހުރި، ޖަޕާނުގެ ޓޮމިކޯ އިޓޫކާ މަރުވެއްޖެއެވެ.

އުމުރުން 116 އަހަރުގައި އިޓޫކާ މަރުވެފައިވަނީ، ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ. އިޓޫކާގެ މަރުވެފައިވަނީ، އާޝިޔާ ސިޓީގައި ހުންނަ ދުވަސްވީމީހުން ބަލަހައްޓާ ގޭގައެވެ. އިޓޫކާގެ މަރާގުޅޭގޮތުން އާޝިޔާ ސިޓީގެ މޭޔަރު ރިޔޯސުކޭ ޓަކަޝީމާ ވިދާޅުވީ، އިޓޫކާގެ ދިރިއުޅުމުން ވަރަށްބޮޑު އުއްމީދަކާ ހިތްވަރެއް ލިބުނު ކަމަށެވެ.

އިޓޫކާ އުފަންވީ 1909 ވަނަ އަހަރުގެ މެއިމަހުގެ 23 ވަނަ ދުވަހެވެ. ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާގެ މަގާމް އިޓޫކާއަށް ލިބުނީ، މީގެ ކުރިން ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ގޮތުގައި ހުރި އެމެރިކާގެ މަރިއާ ބްރާންޔަސް މަރުވުމުންނެވެ. މަރިއާ މަރުވީ އުމުރުން 117 އަހަރުގައެވެ.

އިޓޫކާގެ ދިރިއުޅުމަށް ބަލާއިރު، އޭނާ އެންމެފުރަތަމަ މީހަކާ އިނދެފައިވަނީ އުމުރުން 20 އަހަރުގައެވެ. އިޓޫކާއަށް ދެ އަންހެން ދަރިން އަދި ދެ ފިރިހެންދަރިން ލިބުނެވެ. އިޓޫކާ މަރުވިއިރު އޭގެ ތެރެއިން ދުނިޔޭގައި ދެ ދަރިން ތިއްބެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިޓޫކާ ވަނީ، އޭނާގެ ފިރިމީހާގެ ޓެކްސްޓައިލް ވިޔަފާރި ހިންގުމުގައި ހަރަކާތްތެރިވެފައެވެ. އޭނާގެ ފިރިމީހާ މަރުވީ 1979 ވަނަ އަހަރެވެ. 

ދުނިޔޭގެ އެހެން ޤައުމުތަކުގެ އަންހެނުންނާ ބަލާއިރު، ޖަޕާނުގެ އަންހެނުންގެ އުމުރުދިގުކަމަށް ދިރާސާތަކުން ދައްކައެވެ. ޖަޕާނުގައި މަސައްކަތްކުރާ މީހުންގެ އާބާދީއަށްވުރެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑެވެ. އެގޮތުން ޖަޕާނުގެ އުމުރުން ދުވަސްވީ މީޙުންގެ އާބާދީގެ ސިއްހީ ހަރަދުތަކާއި އެނޫންވެސް އެމީހުންނަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ މައްސަލައަކީ މިހާރު ޖަޕާނުގެ އިގްތިސާދަށް އޮތް ގޮންޖެހުމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ސިފަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ