ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިއޯންއަށް ބަސްދީގަތުން ދެއްވަނީ..
ހަބަރު
04 Jan 2025 | 23:14
އިންޑިއާ އަޑީގައި އޮވެ، ވެރިކަން ވައްޓާލަން އުޅުނުކަމަށްބުނެ ނެރުނު ރިޕޯޓަކީ ދޮގެއް: ޚަލީލް

އަވައްޓެރި އިންޑިއާ އަޑީގައި އޮވެ، ރައީސް ޑރ.މުއިއްޒުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރިކަމަށްބުނެ ނެރުނު ރިޕޯޓަކީ ކަނޑައެޅިގެން ދޮގެއްކަމަށް ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ވިއޯން ނިއުސްޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި، ހާރިޖީ ވަޒީރު ވިދާޅުވީ، މި ސަރުކާރު ވައްޓާލުމަށް އިންޑިއާއިން ފަންޑުކުރަން އުޅުނުކަމަށް ބުނެ، ވޮޝިންޓަން ޕޯސްޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށެވެ. ވަޒީރު ވިދާޅުވީ، އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވަނީ އެއްވެސް ވަރަކަށް ހަގީގަތް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށާއި، ރާއްޖެއާ އިންޑިއާ އާ ދެޤައުމުގެ ދެމެދުގައި އޮތީ އެއަށްވުރެ މާ އިތުބާރުބޮޑު މާ ގާތްބަދަހި ގުޅުމެއްކަމަށެވެ.

ދެޤައުމުގެ ދެމެދު ގުޅުން ހީނަރުކުރަން އުޅޭބަޔަކުވެސް އުޅޭނޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާއިންވެސް އެކަން ދަންނަކަމަށެވެ. ރާއްޖެއާ އިންޑިއާ އާ ދެޤައުމުގެ ދެމެދުގައި މިއަދުވެސް އޮތީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށާއި، އެހެން ޤައުމަކާ ގުޅުން ބަދަހިވުމަކުން ރާއްޖެއާ އިންޑިއާ އާ ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމަށެވެ.

އިންޑިއާއިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ފަންޑުކުރަން އުޅުނުކަމަށް ވޮޝިންޓަން ޕޯސްޓްގައި ޝާއިއުކުރި ރިޕޯޓް ހާރިޖީ ވަޒީރު ދޮގުކުރައްވާފައިވާއިރު، ކުރީގެ ރައީސް ނަޝީދުވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، އަވައްޓެރި އިންޑިއާއިން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ވެރިއަކު މަގާމުން ދުރުކުރުމަށް މަސައްކަތް ނުކުރާނޭކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއިން އައީ އަބަދުވެސް ދިވެހިންގެ ޑިމޮކްރަސީއަށް ތާއީދުކުރަމުން ކަމަށާއި، އެފަދަ ކަމަކަށް އިންޑިއާއިން ތާއީދެއް ނުކުރާނޭ ކަމަށެވެ. އަދި އިންޑިއާގެ ފަރާތުން ދުވަހަކުވެސް އެފަދަ ހުށަހެޅުމެއް އައިސްފައިވެސް ނުވާކަމަށެވެ. ރައީސް ޑރ.މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ދުވަހަކުވެސް ބަޔަކު ރޭވިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށާއި، އެކަހަލަ ސީރިއަސްކަމެއް ކުރަން އުޅުނުކަން އެނގިވަޑައިގެންފައި ނުވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުގައި ބުނެފައިވަނީ، މި އަހަރުގެ ޖަނަވަރީ މަހު، އިންޑިޔާގެ އިންޓެލިޖެންސް އޭޖެންސީ އާރްއޭޑަބްލިއުގެ އޭޖެންޓުން ދިވެހިރާއްޖޭގެ އިދިކޮޅު ފަރާތްތަކާއެކު ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަޝްވަރާތައް ފެށި ކަމަށް މި މަޝްވަރާތަކުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. މި މަޝްވަރާތަކުގެ ތެރެއިން "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ގެ ނަމުގައި ޕްލޭނެއް އެކުލަވާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

މި ޕްލޭންގައި ހިމެނެނީ ރައީސް މުޢިއްޒުގެ ޕާޓީގެ މެންބަރުންވެސް ހިމެނޭ ގޮތަށް 40 މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ކަމަށް ދަ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، 10 އިސް ސިފައިންނާއި ފުލުހުންނަށާއި، ބާރުގަދަ 3 ގޭންގަކަށް ފައިސާ ދީގެން ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރުމަށް ރޭވިކަމަށްވެސް ބުނެފައިވެއެވެ.

މި ޕްލޭން ތަންފީޒުކުރުމަށް 87 މިލިއަން ރުފިޔާ (6 މިލިއަން ޑޮލަރު) ބޭނުންވާނެކަމަށް ލަފާކޮށްފައިވާއިރު، މި ފައިސާ ހޯދާނީ އިންޑިޔާއިން ކަމަށް ދިވެހި ދެ އޮފިޝަލަކު ބުނެފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.