ޖޭޕީ ކައުންސިލް މެންބަރު މުޙައްމަދު ފިރާޤު: ފޮޓޯ/ މީސްމީޑިއާ
ހަބަރު
05 Jan 2025 | 11:08
ޖޭޕީ ކައުންސިލް މެންބަރު ފިރާޤު އަދާލަތަށް ވެއްދި މައްސަލައެއް

ޖޭޕީ ކައުންސިލް މެންބަރު މުޙައްމަދު ފިރާޤު އަދާލަތު ޕާޓީއަށް ވެއްދި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

ފިރާގު އަދާލަތު ޕާޓީއަށް ވައްދާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން އެނގޭ އިރު، އޭގައިވާ ގޮތުން އޭނާ އެ ޕާޓީއަށް ވައްދާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ. 

އެކަމާ ނުރުހުންވެ ފިރާގު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ޓެގް ކުރައްވައި، އޭނާ އަދާލަތައް ވެއްދީ ކިހިނެއްތޯ ސުވާލު ކޮށްފައެވެ.

މީގެ އިތުރުން، އީސީ ޓެގްކޮށް އޭނާ ކުރި ޕޯސްޓެއްގައި ވަނީ، އޭނާ ޖޭޕީން އެހެން ޕާޓީއަކަށް ޕާޓީ ބަދަލުވުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށާ އޭނާއަކީ އެޕާޓީގެ ހަރަކާތްތެރި ކައުންސިލް މެންބަރެއްކަމުގައި ބުނެފައެވެ.  

އެހެންކަމުން، އޭނާއަށް ނޭނގި ޕާޓީ ބަދަލު ކުރި ގޮތް ތަޙްޤީޤުކޮށްދިނުމަށް އެދިފައެވެ. އަދި މިފަދަ ހުއްދަނެތި ކުރެވޭ ބަދަލުތަކަކީ އީސީގެ އިތުބާރަށް އުނިކަން އަންނާނެ އަދި ޕާޓީގެ މެންބަރުކަމުގެ ސަލާމަތްތެރިކަމާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭނެ ކަމެއްކަން ފާހަގަކޮށް އޭނާ ވަނީ ޕާޓީ ބަދަލުކުރުމަށް ހުށަހެޅުނު ފޯމު ހިމެނޭ ގޮތަށް، ތަފްސީލީ ލިޔެކިޔުންތައް ބެލޭނެ ގޮތް ހަދައިދިނުމަށް އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.