ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: އޭނާ އިންޑިއާއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައި -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Jan 2025 | 13:50
ޚާރިޖީ ވަޒީރަށްފަހު ޣައްސާން ވެސް އިންޑިޔާއަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު އަބްދުالله ޚަލީލަށް ފަހު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އިންޑިޔާގެ ވިއޯން ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުން ޣައްސާން މައުމޫންގެ މި ދަތުރުފުޅު އޮންނާނީ ޖެނުއަރީ 7 އާއި 8 ވަނަ ދުވަހުއެވެ. މިއީ ޣައްސާން  އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުން ދެ ޤައުމުގެ ސަލާމަތީ ދާއިރާގެ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް، މި ދަތުރުފުޅާ ގުޅޭ ގޮތުން ވިއޯން ނޫހަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވި ކަމަށް އެ ނޫހުގައިވެއެވެ.

ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅަކީ ފާއިތުވި ހަފުތާތަކުގައި ރާއްޖެއިން އިންޑިއާއަށް ސަރުކާރުގެ މިނިސްޓަރުން ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. މީގެ ކުރިން ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރުވެސް ވަނީ އިންޑިއާއަށް ދަތުރުފުޅު ކުރައްވާފައެވެ. މި ދަތުރުފުޅުތަކަކީ އައު އަހަރުގައި އިންޑިއާއަށް ކުރެއްވި ފުރަތަމަ މިނިސްޓަރީ ފެންވަރުގެ ދަތުރުފުޅުތަކެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު ރައީސް މުޢިއްޒު ވަނީ އިންޑިއާއަށް ދެ ދަތުރުފުޅެއް ކުރައްވާފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމާއި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި ދަތުރުފުޅު ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރުވެސް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ދަޢުވަތު އެރުވިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން