ފަޒުލް ރަޝީދު
ހަބަރު
05 Jan 2025 | 23:14
ފަޒުލް ރަޝީދު ގެ ބަލާފާސްކުރިއިރު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ފެނުނު!

ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް އެޗްޑީސީން ގޯތި ދޫކުރި މައްސަލާގައި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލާފާސްކުރި ކުރުމުގައި އެ ގެއިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ފެނުނު ވާހަކައެއް މީޑިއާގައި ތިލަވެއްޖެއެވެ.

އެޗްޑީސީ މައްސަލާގައި ފުލުހުން ފަޒުލް ދިރިއުޅެމުން އަންނަ ޒޭވަރުގެއަށް ފުލުހުން ވަދެ ފާސްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ. ފުލުހުން އެ ގެ ބަލާފާސްކުރި ރޭ، އެ ގޭގައި ހުރި ދަބަހަކުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އިތުބާރުހުރި މަސްދަރުތަކުން ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ފަޒުލް ރަޝީދުގެ ގެއިން ފެނިފައިވަނީ ދަބަހެއްގައި ހުރި ނަގުދު ފައިސާތަކެކެވެ. ފައިސާތައް ގުނިއިރު އެއް މިލިއަން ރުފިޔާއަށްވުރެ ގިނައެވެ. މިކަމާ ގުޅޭގޮތުން ފަޒުލްގެ ފަރާތުންވެސް އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. 

ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް އެޗްޑީސީގެ ތެރެއިން ފަޒުލް ރަޝީދުގެ ބޭބެއަށް ގޯއްޗެއް ހޯދައިދިނުމަށް ކުރިކަމަށް ބުނާ މުއާމަލާތާ ގުޅިގެން ފަޒުލް ވަނީ އޭނާގެ މައްޗަށް ކުރަމުންގެންދާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ފަޒުލް ވިދާޅުވެފައިވަނީ އެޗްޑީސީގެ ތެރެއިން އުސޫލާ ހިލާފަށް އެއްވެސް މީހަކަށް ގޯއްޗެއް ދީފައިނުވާނޭ ކަމަށެވެ. އެކަމާ ގުޅިގެން ކުރެވެމުންދާ ތަހުގީގުތަކަށް އެއްބާރުލުން ދިނުމަށް ފަޒުލް ރަޝީދު ވަނީ އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާވެސް ދެއްވާފައެވެ. 

އެޗްޑީސީ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ކުރީ ސަރުކާރުން އުސޫލުން ބޭރުން ބައެއް ފަރާތްތަކަށް ގޯތި ދިނުމަށް ލިޔުން ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފުލުހުންގެ އެ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.