ކަސްޓަމްސް ހެޑް އޮފީސް
ހަބަރު
06 Jan 2025 | 14:20
ކަސްޓަމްސް އޮފިސަރުންތަކެއްގެ ރިޝްވަތާއި، ހިޔާނާތުގެ މައްސަލަތަކެއް!

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންތަކެއްގެ އެކައުންޓްތަކުގައި 400 މިލިއަނެއްހާ ރުފިޔާ ދައުރުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާނާތުގެ މި މުއާމަލާތުގައި ކަސްޓަމްސްގެ އެކި ރޭންކުތަކަށް ނިސްބަތްވާ އޮފިސަރުން ހިމެނެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިުން ބުނެފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންތަކަކަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަން ފުލުހުން ބުންޏެވެ.

ވޮއިސްއަށް  މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާނާތުގެ މި މައްސަލާގައި ކަސްޓަމްސްގެ 20 ވަރަކަށް އޮފިސަރުން ޝާމިލްވެއެވެ. ކަސްޓަމްސް އޮފިސަރުންގެ މި ހިޔާނާތުގެ މައްސަލާގައި ކަސްޓަމްސްގެ ފަރާތުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. ކަސްޓަމްސް ސާވިސްގެ ބައެއް މުއައްޒަފުންގެ ތެރޭގައި ކޮރަޕްޝަނާ ރިޝްވަތުގެ މައްސަލަތަށް އުޅޭވާހަކައަކީ އާއްމުންގެ ތެރޭގައިވެސް ދެކެވޭ ވާހަކައެކެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. މަޖިލީހުގެ ތަޅުމަށް ހުށަހެޅި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަދައްކަވަމުން ނާޒިމް ވަނީ ޔުނީފޯމް އެޅި މުއައްސަސާތަކަށް އިތުބާރުކުރެވެން ނެތްކަމަށާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގައި ކަސްޓަމްސްގެ އިހުމާލު އުޅޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް: ތުހުމަތުގައި ބުރަދަނެއް ނެތް
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.