ރައީސް ޑރ.މުއިއްޒު ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Jan 2025 | 19:37
މަޖިލީހުގެ ދައުރު ފެށޭތަނުން އަންހެނުން ކޮމިޓީ މެމްބަރުންނަށް ރޯދަ އެލަވަންސް ލިބޭ އިސްލާހު ހުށަހަޅާނަން: ރައީސް ޑރ.މުއިއްޒު

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭތަނުން އަންހެނުން ކޮމިޓީ މެމްބަރުންނަށް ރޯދަ އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް ލިބިދޭ އިސްލާހު ހުށަހަޅުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު ވަނީ ކުރިއަށްއޮތް ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެމްބަރުންނަށް ރޯދަ އިނާޔާތް ލިބިގެންދާނޭކަމަށް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ދަނގެއްޗަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ.

ރައީސް ޑރ.މުއިއްޒު ގދ.ވާދޫއަށް ކުރެއްވި ޒިޔާރަތުގައި މިއަދު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، މަޖިލީހުގެ ދެން އަންނަ ދައުރު ފެށޭތަނުން ފުރަތަމަ ހަފްތާގެ ތެރޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ މެމްބަރުންނަށް ދިނުމަށް ވައުދުވި އިނާޔަތްތައް ދިނުމާ ގުޅޭ އިސްލާހު ހުށަހެޅުމަށް މަސައްކަތްކުރަމުންދާކަމަށެވެ. 

އެއީ ލާމަރުކަޒީ ޤާނޫނާއި ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ ދެ އިސްލާހެއް. މިހާރު އެ ލިބޭ އެލަވަންސަށް މުސާރައިގެ ސްޓޭޓަސް ދެނީ. އެލަވަންސް ބޮޑުކުރާ ވާހަކައެއްނޫން. އެލަވަންސެއްގެ ގޮތުގައި އޮވެގެންނެއް ރޯދަމަހުގެ އެލަވަންސެއް ނުދޭ މިހާތަނަކަށް. ބޭންކުން ލޯނެއް ނުނެގޭ.ވިހެއުމުގެ ޗުއްޓީއެއް ނުލިބޭ. މިކަހަލަ އެއްވެސް ކަމެއް ނުވޭ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ރަށްރަށުގެ އަންހެނން ކޮމިޓީތަކާ ބައްދަލުކުރިއިރު، އެ ކޮމިޓީތަކުގެ އެންމެބޮޑު ޝަކުވާއަކީ އެއީކަމަށާއި، އެކަންކުރަން ވައުދުވާން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން އެ ދެޤާނޫނަށް އިސްލާހުތައް ގެނެސް އަންހެނުންގެ ކޮމިޓީތަކަށް ވީ ވައުދު ފުއްދަވައިދެއްވާނޭކަމަށެވެ. މިގޮތުން މި ފެށޭ ރޯދަމަހު އަންހެނުން ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އެލަވަންސް ދޭނޭކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ދަނގެއްޗަށް ވަޑައިގެން ރައީސް އެދުވަހު ދެއްކެވި ވާހަކަފުޅުތަކުގައި ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފުގޮތަކަށް ގާނޫނުގައި އޮންނަ ޕޮއިންޓެއް ނަގައިގެން ވަރަށް ނިކަމެތިގޮތެއް ހަދާފައި އޮންނަ ކޮމިޓީތަކެއް ކަމަށް ވިދާޅުވެފައެވެ.

ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ އެރަށެއްގެ ތަރައްޤީއަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކޮމިޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެފަދަ ކޮމިޓީތަކަށް ދިމާވެފައިވާ ވަރަށް ގިނަ ކަންކަން ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ރަނގަޅު ކޮށްދެއްވާނޭކަމަށެވެ.

މި ސަރުކާރުން ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް ފިޔަވަޅުތައް އަޅަމުންދަނީ، ރައްޔިތުންނަށް ދެމުންގެންދާ އެއްވެސް އެއްޗެއް އުނި ނުކޮށް އަދި ފައިސާވެސް ޗާޕުނުކޮށްކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އަހުމަދު
ތިޔަ އިސްލާހުވެސް ރަނގަޅު އެކަމު ކޮމިޓީތަކުގައެބަތިބި ދެމުސާރަލިބޭމީހުންވެސް އެއީ އިންސާފުވެރިކޮށްވާކަމެއްނޫން ވިސްނާލުންމުހިންމު
07 Jan 2025
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.