އަވަސްއެޕް
ހަބަރު
07 Jan 2025 | 21:25
ހުކުރުދުވަހު ސެންޓްރަލް ޕާކްގައި ބާއްވާ ކުޑަކުދިންގެ ހާއްސަ ހަވީރާއެކު "އަވަސްއެޕް" ލޯންޗުކުރަނީ!

އޮންލައިންކޮށް ޓެކްސީގެ ހިދުމަތް ދިނުމުގައި އެފަދަ ދެވަނައެއްނެތް އަވަސް ރައިޑުން، މުޅިން އައު އިންގިލާބީ ބަދަލުތަކާއެކު، "އަވަސް އެޕް" ނަމުގައި އެޕްލިކޭޝަނެއް ލޯންޗްކުރުމަށް ނިންމައިފިއެވެ.

އަވަސް އެޕްލިކޭޝަން ލޯންޗްކުރުމުގެ ގޮތުން އަންނަ ހުކުރުދުވަހުގެ ހަވީރު 16:00 ފެށިގެން އެ ރޭގެ 21:30 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތްތައް އެދުވަހުގެ ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ، ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައިވެސް ވަރަށްބޮޑު މަގްބޫލުކަމެއް ލިބިފައިވާ ރޮބޯމޭން ބައިވެރިވާ ހާއްސަ ކުޑަކުދިންގެ ހަވީރަކުންނެވެ. ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތަކާއި ކުޅިވަރުތައް އިންތިޒާމުކޮށްފައިވަނީ ކުދިންގެ އާއިލާތަކަށްވެސް ބައިވެރިވެވޭނެ ގޮތަށެވެ. ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ ހަވީރު 4 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށެވެ.

ކުޑަކުދިންގެ މި ހަވީރަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހަމަޖެހިފައިވާއިރު، ކުޑަކުދިންގެ ހަވީރުގެ ތެރޭގައި ތަފާތު އެކި ބާވަތްތަކުގެ ކާނާތައް އެކުލެވޭ ސްޓޯލްތައް ހުންނާނެއެވެ. ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ވަނީ ސޮނީ ޕްލޭސްޓޭޝަން 5 ދިނުމަށް ހަމަޖެހިފައެވެ.

ކުޑަކުދިންގެ ހަވީރަށްފަހު، އަވަސް އެޕްލިކެޝަން ލޯންޗްކުރުމުގެ ރަސްމީ އިވެންޓް ބޭއްވުމަށް ނިންމާފައިވަނީ، އެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ. އަވަސް އެޕްލިކޭޝަން އެރޭގެ 8 ޖަހާއިރު ރަސްމީކޮށް ލޯންޗުކުރެވިގެންދާއިރު، ދެން އޮންނާނީ 21:30 ގައި ހަވާއެރުވުމެވެ. 

އަވަސް ރައިޑަކީ ގިނަ ބައެއްގެ މެދުގައި ވަރަށްބޮޑު މަގްބޫލުކަމަކާއި އިތުބާރެއް ލިބިފައިވާ އެޕްލިކޭޝަނެކެވެ. ޓެކްސީއެއް ހޯދަންވެއްޖެނަމަ އެންމެފުރަތަމަ ހިތަށް އަންނަނީ އަވަސް ރައިޑެވެ. އަވަސް ރައިޑުގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރު މާލެސިޓީންނެވެ. ނަމަވެސް މިއަދު އަވަސް ރައިޑުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅޫތަކުގައި ދެއެވެ. އަވަސް އެޕްގައި 3،000 ހަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.