ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Jan 2025 | 09:43
ރައީސް މުޢިއްޒުގެ ޚިޔާލެއް: ކައުންސިލްތަކުގެ މެންބަރުން ޕާޓް-ޓައިމް މަގާމުތަކަށް ހެދުން

ޑިމޮކްރެސީގެ ހަމަތަކާ އުސޫލުތަކަށް އަސަރު ނުކުރާނެ ގޮތަށް، ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި އިންތިޚާބުކުރާނެ ގޮތް ކަނޑައެޅުމުގައި އާންމު ބަހުސަކަށް، ނުވަތަ އާންމުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

ޕަބްލިކް ޑިބޭޓަށް އަޅުގަނޑު ހުށަހަޅާ ހިޔާލެއް، ކުރިންވެސް އަޅުގަނޑު ވާނީ ކައުންސިލްތަކުގެ ސައިޒް ނޫނިއްޔާ ކޮމްޕޮޒިޝަން ކުޑަ ކުރަން ޖެހޭ ކަން ހިޔާލު ފާޅު ކޮށްފައި، އަދި އެކަމަށްޓަކައި މަޝްވަރާ ކުރެވި ރައްޔިތުންގެ ހިޔާލާއި ކަމާއި ބެހޭ ހުރިހާ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނާނެ ކަމަށް،".

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

އެހެން ނަމަވެސް އެކަމާއި ދެކޮޅަށް ވާހަކަ ދެއްކި ފަރާތްތަކުގެ ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިއްބަވާ ގޮތަށް ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

"ކައުންސިލްގެ މަގާމަކަށް ފުލްޓައިމް މަގާމަކަށް އިންތިހާބު ކައުންސިލްގެ ރައީސްގެ މަގާމަށާއި ނައިބް ރައީސްގެ މަގާމަށް ދެ މީހުން ކަމަށް ކަނޑަައަޅާ ދެން މިހާރު ވެސް ތިބޭ އަދަދަށް ކައުންސިލަރުން އިިންތިހާބު ކުރާނީ ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް ވަކި އެލަވެންސްއެއް ލިބޭ ގޮތަށް، ސިޓިންގއަށް އެލަވެންސް ދޭ ގޮތަށް، ރާއްޖެ ނޫން އެހެން ގައުމުތަކުގައި، ތަރައްގީވެފައި އޮންނަ ގައުމުތަކުގައި އޮންނަ ގޮތް އެއީ،".

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

އިތުރު ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މި ހުށަހެޅުއްވި ގޮތަށް ކަންތައް ކުރުމުން މިހާރު ތިބި ޢަދަދަށް ކައުންސިލަރުން ތިބޭނެކަމަށާއި އެހެން ނަމަވެސް ފުލްޓައިމްކޮށް ޤާއިމުވެ، އޮފީހުގައި، އޮފީސް ހިންގަން ތިބޭނީ ރައީސާއި ނައިބު ރައީސް ކަމަށެވެ. އަދި މިކަން ކުރެވިދާނެ އިތުރު ގޮތްތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލާ މީހުންނާއެކު ރަނިންގ މޭޓެއް ކުރިމަތިލައިގެން ރަނިންގމޭޓާ އެކުގައި ވޯޓުލައިގެންވެސް ކުރިއަށް ގެންދެވިދާނެކަމަށެވެ. އޭރުން އެއް ފިކުރެއްގެ، އެއް ޚިޔާލެއްގެ އަދި އެއް ސިޔާސީ ފިކުރެއްގެ ދެމީހުން އައުމުގެ ފުރުޞަތުވެސް އޮންނާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ މިގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީވެސް ބަދަލުކުރެވިދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އ.ތ.މ ކޮމިޓީގެވެސް ރައީސާއާއި ނައިބު ރައީސާ އެއީ ފުލްޓައިމްގެ ދެމީހުންނަށް ހަދައި ދެންތިބި މެންބަރުންނަކީ "ޕަރ ސިޓިންގ" ނުވަތަ ބައްދަލުވުމުގައި ބައިވެރިވާ ދުވަސްތަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް އެލަވެންސް ލިބޭ ބަޔަކަށް ކައުންސިލަރުން ބަދަލުވާއިރު، މިހާރު އ.ތ.މ ކޮމިޓީގެ މެންބަރުންގެ އޮތް ކަންބޮޑުވުންތަކާ ފުށުނާރާގޮތަށް ޤާނޫނަށް އެގެންނަ އިޞްލާޙުގެ ތެރެއިން ޕާޓްޓައިމް ކައުންސިލަރުންނަށް އެލިބޭ އެލަވެންސަކީ ވެސް ހަމަ މުސާރައިގެ ހައިސިއްޔަތު އޮންނަ އެލަވެންސަކަށް ޤާނޫނުގައި ހެދުމުން އެ ލިބެންޖެހޭ އިނާޔަތްތައް ލިބޭނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް

ސިޓީ ކައުންސިލްތަކުގައިވެސް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ފުލްޓައިމްކޮށް މަސައްކަތްކުރާ އެގްޒެކެޓިވް ދައުރު އަދާކުރާ މުވައްޒަފުންގެ ގޮތުގައި އިންތިޚާބުކޮށް ދެންތިބި މެންބަރުންނަކީ ހާޒިރުވާ ކޮންމެ ޖަލްސާއަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ޢަމަލު ކުރުމަށް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ، އާންމުކޮށް ބަހުސް ކުރައްވައި ޚިޔާލު ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ކުރިއަށް އޮތްތަނުގައި މިކަމަށް ރައްޔިތުން ވިސްނަވައި އެންމެ އެދޭގޮތް ހުށަހެޅުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ވަރަށް ސީރިއަސް ގޮތެއްގައި ފަންނީ ފެންވަރުގައިވެސް އަދި އާންމު ރައްޔިތުންގެ ހޮޅުއަށިތަކުގައްޔާއި ގޭތެރޭގައިވެސް މިކަމަށް މަޝްވަރާކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މިކަމަށް އެންމެ އެކަށީގެންވާ ހައްލެއް ގެނައުމަކީ ކުރަންޖެހޭކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދެވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.