ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Jan 2025 | 11:07
އަމާޒުކުރަނީ ރޯދަ މަސް އަންނަންވާއިރަށް ރާއްޖޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން: ރައީސް ޑރ.މުޢިއްޒު

ކުރިއަށް އޮތް ރަމަޟާން މަސް އައުމުގެ ކުރިން ރާއްޖެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް އަމާޒުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، އެމަނިކުފާނު މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ.ފިޔޯރީއަށް ވަޑައިގެން ރޭގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރޯދަ މަސް ކައިރިވުމާއިއެކު، ފިޔޯރީއެކޭ އެއްފަދައިން ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހާއްސަ އިސްކަމެއްދެއްވާކަމަށެވެ.

"ވަރަށް އިސްކަމެއް އަޅުގަނޑުމެން ދެން، ޚާއްސަކޮށް ރޯދަ މަސް އަންނާތީއާއި އެކީގައި، ކަރަންޓުގެ މައްސަލައަށް ހައްލު ގެނެސްދިނުމަށް. މިއީ މިރަށެކޭ އެއްގޮތަށް ވަރަށް ގިނަ ރަށްތަކުގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. ފެނަކައިގެ އިންޖީނު ގެތަކުގެ ޖަނަރޭޓަރުތައް ހަލާކުވުން. ނޫނިއްޔާ ބަދަލުކުރަންޖެހި، އިތުރުކުރަންޖެހި، ސައިޒު ބޮޑު ކުރަން ޖެހިފައި މިހުރީ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި މިދިޔަ އަހަރު ވަރަށް ބޮޑު ހޭދައެއް ދައުލަތުން ކުރަން ޖެހުނުކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެތަންތަން ނުބަލަހައްޓާ އެތައް ދުވަހެއް ވެފައިވާކަމަށާއި، މިކަން ހައްލު ކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

މިގޮތުން، މާލީ ވުޒާރާ އާއި ފެނަކަ އާއި އެސްޓީއޯ، އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅިގެން ރަމަޟާން މަސް އައުމުގެ ކުރިން މި މައްސަލަ ހައްލުކުރުމަށް އަމާޒު ކުރާކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިގޮތުން، ކަރަންޓުގެ މައްސަލަ ދިމާވެފައިވާ އެންމެ ރަށެއްވެސް ދޫކޮށްނުލައި، ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލު ކުރުމަށް ގެންނަން ޖެހޭ ޖެނެރޭޓަރުތައް ގެނެސް، އިންސްޓޯލް ކުރާނެކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިއީ ގޮންޖެހުމެއް ނަމަވެސް، ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރަމަޟާން މަހު ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ފެންވަރަށް ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތްކުރައްވާނެކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.