ހައިކޯޓް: ފޮޓޯ/ ވޮއިސް
ހަބަރު
08 Jan 2025 | 11:53
ފިރިހެން ކުދިންތަކެއް ގްރޫމުކުރި ޓީޗަރު އަލުން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައިގެން ދަރިވަރުން ގްރޫމްކުރި ކަމަށް ތުހުމަތުކުރާ ޓީޗަރު އަލުން ބަންދު ކުރަން ހައިކޯޓުން އަމުރު ކޮށްފިއެވެ.

މީގެ ކުރިން ފުލުހުން މައުލޫމާތު ދިން ގޮތުގައި، ރާއްޖޭގެ ދެކުނު މެދުގެ އަތޮޅެއްގެ (މ،ފ،ދ،ތ،ލ) ރަށެއްގައި ހިނގު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ 17 އޮކްޓޯބަރުގައި ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން ޓީޗަރު ހައްޔަރުކުރީ 10 ދުވަސް ފަހުން، 27 އޮކްޓޯބަރުގައި ކަމަށާ، އެއީ 29 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށްވެސް އޭރު ފުލުހުން ބުންޏެވެ. 

އޭނާގެ ބަންދަށް އެންމެ ކުރިން ޖެހީ 20 ދުވަހެވެ. އޭގެ ފަހުން 30 ދުވަސް ޖަހާފައިވާއިރު، މިއަދު ފުލުހުން ބުނީ، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އަދި ކުރިން މިފަދަ ތުހުމަތެއް އެ މީހެއްގެ މައްޗަށް ކުރެވިފައި ނެތުމަކީ މިހާރު ތުހުމަތު ކުރެވިފައިވާ ކުށުގެ ނުރައްކާތެރިކަމުން އެހެން ކުޑަކުދިން ސަލާމަތްކޮށްދޭނެ ކަމެއް ނޫން ކަމަށާ ތުހުމަތުވާ ޓީޗަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫން ކަން ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ބުރަވެވޭ ކަމަށް ހުކުމްގައިވެ އެވެ.

އެހެން ކަމުން، ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ މެޖިސްޓްރޭޓް ކޯޓުން ޓީޗަރު ދޫކޮށްލަން ނިންމީ ރަނގަޅަށް ނޫން ކަމަށާ، އަދި ޓީޗަރުގެ ބަންދާ މެދު އަލުން ގޮތެއް ނިންމަންދެން ހަތް ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލް ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން