ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
08 Jan 2025 | 12:47
ހުއްޓިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަނީ

ހުއްޓިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ހާމަކުރައްވާފައިމިވަނީ ގދ.ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޓީސީސީ އާއި ހަވާލުކުރެވިގެން ފެށިފައިވާ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއަށް އަލިއަޅުވާލައްވައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެހެން ރަށްތަކެކޭވެސް އެއްފަދައިން އެ މަޝްރޫއުވެސް ތަކެއްޗާއި ފައިސާގެ ތާށިކަމާއި ހުރެ މަޑުޖެހިފައިވާކަމަށެވެ.

މިގޮތަށް ހުއްޓިފައިވާ ހުރިހާ ރަށަކަށް ބޭނުންވާތަކެތި ހަަމަކުރުމުގެ މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެންމެ ގިނަ ރަށްތަކުގައި މަސައްކަތް ހުއްޓިފައި އޮތީ ބޮޑުހިލަ ނުލިބުމުގެ ސަބަބުން ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިކަމާއި ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި މިކަމާއި ގުޅޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް އަދި ކޮންސްޓްރަކްޝަން މިނިސްޓަރާއި އެކީގައި ބައްދަލުވުމެއް ބާއްވައި، ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ރާއްޖެ ގެނައުމަށް ނިންމަވާފައިވާކަމަށެވެ.

މިދިޔަ ހަފްތާ ތެރޭގައި އަޅުގަނޑު ހަމަ މިކަމާއި ބެހޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި އަދި ކޮންސްޓްރަކްޝަން މިނިސްޓަރާއިއެކު ބައްދަލުވުމެއް ބާއްވާފައި ގޮތްތަކެއް ރާވައިފިން. ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ރާއްޖެ ގެންނަަން. އެއީ އެކި ރަށްރަށުގައި މިހުރީ މަސައްކަތް ހުއްޓިފައި ބޮޑުހިލަ ނެތިގެން. ނޫނިއްޔާ ޝޯ ޕްރޮކްޓެކްޝަނަށް ބޭނުންވާ މެޓީރިއަލް ނެތިގެން،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ބަނދަރުތަކާއި ރަށްގިރުމުގެ މައްސަލައާއި ބިން ހިއްކުން ފަދަ ކަންކަމަށް ބޭނުންވާ ހިލަ ގެނައުމަށް ކަންތައްތަކެއް ރޭވިފައިވާކަމަށާއި، މިދިޔަ ހަފްތާގައި ނިމުނު ހިސާބުގައި މިކަމަށްޓަކައި ފައިސާވެސް ހަމަޖައްސާފައިވާކަމަށެވެ.

މިއާއިއެކު، ރައީސް ޑރ.މުޢިއްޒު ވަނީ ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، ރަށުގެ ރައްޔިތުން މޫދަށް އެރެވޭނެ ސަރަހައްދެއްވެސް ހިމެނޭ ފަދައިން އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.