ރައީސް މުޢިއްޒު ފިޔޮރީއަށް ވަޑައިގެންނެވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Jan 2025 | 12:53
އަހަރު ނިމޭއިރު ބޭރު ފައިސާގެ ގާނޫނުގެ ނަތީޖާ ފެންނާނެ؛ ޑޮލަރުގެ ކަޅު ބާޒާރެއް ދެން ނޯންނާނެ: ރައީސް މުޢިއްޒު

މިހާރު އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން އަހަރެއްގެ ތެރޭގައި ކާޑު ލިމިޓު ބޮޑުކޮށް، ޑޮލަރުގެ ކަޅު ބާޒާރު އެއްކޮށް ނައްތާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ރޭ ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، މިހާރު ހައްލު ކުރަންޖެހިފައިވާ މައްސަލަ ތަކުގެ ތެރެއިން، ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަށް ވެގެންދާނީ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށެވެ.

”ޑޮލަރުގެ ދަތިކަން އޮތީމަ އަޅުގަނޑުމެން ވަނީ ގާނޫނެއް ފާސްކޮށް އަމަލު ކުރަން ފަށާފައި. މިހާރު މަޖުބޫރު ވާނެ ރިސޯޓުތަކަށް ވެސް އަދި އެކިއެކި އިންޑަސްޓްރީތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ވެސް ބޭންކަށް ޑޮލަރު މާރުކުރަން. 500 ޑޮލަރު ޓޫރިސްޓަކަށް އަދި އެކިއެކި ކުންފުނިތައް ނުވަތަ އެކި ވަރުވަރުގެ އިންޑަސްޓްރީތަކުން ކުންފުނިތަކުން ނޫނިއްޔާ ވިޔަފާރިތަކުން ތަފާތު ވަރުވަރަށް މާރު ކުރަން ޖެހޭނެ. ގާނޫނެއް ހަދައި، ގެޒެޓުކޮށް މިހާރު އަމަލު ކުރަން ޖެހޭނެ.“

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ބޭރު ފައިސާގެ ގާނޫނާއެކު، ވިޔަފާރި ވެރިންނަށް ޓީޓީ ހެދުމުގައި ލުއިތަކެއް ލިބި ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ފަސޭހަތަކެއްވުމުގެ އިތުރުން ކާޑުގެ ލިމިޓް ވެސް އިތުރު ކުރުމަށް މަގުފަހިވެގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން އެސްއޯއީތަކުން މިހާރު ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެ، ބްލެކް މާކެޓްގެ ޑިމާންޑް ކުޑަކުރެވި، ޑޮލަރުގެ އަގު ތިރިވެގެން ދިޔުން. އެއީ ދުވަސްތަކެއް ނަގާނެ ކަމެއް. އެހެން ނަމވެސް، މީގެ ނަތީޖާއަކަށް ވާނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި އަހަރު ނިމިގެންދާއިރު، އެހިސާބަށް ދެވިފައި އޮންނާނެ ކަމަށް. އެއީ ގާނޫނާ އެއްގޮތަށް ވިޔަފާރިވެރިން ޑޮލަރު މާރުކުރާނަމަ ހާސިލްވާނެ ކަމެއް

ރައީސް މުޢިއްޒު

ޓޫރިސްޓް ހިދުމަތްދޭ ކުންފުނިތަކުން ބޭންކަށް ޑޮލަރު މާރުކުރެވޭގޮތަށް އުސޫލްތަކެއް ކަނޑައަޅައި ބޭރުފައިސާ މާރުކުރުމުގެ ގާނޫނު ފާސްކޮށްފައި ވަނީ ފާސްކުރިއިރު ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލަށް ލުޔެއް ދިނުމުގެ ގޮތުން ލިބޭ އާމްދަނީން 20 އިންސައްތަ މާރުކުރެވޭ ގޮތަށްވަނީ އުސޫލު ބަދަލުކޮށްފައެވެ. އަދި ބޭރުފައިފާ މާރުކުރުން އިސްތުސްނާވާ ހާލަތްތައްވެސް ހިމަނާފައިވެއެވެ. 

ކޮމެންޓް
އޯކޭ
މީތި ސްކްރީންޝޮޓް ކޮށްލާނަން.
08 Jan 2025
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.