ރަށެއްގެ ފަޅު ސަރަހައްދު... ފޮޓޯ: ވޮއިސް
ހަބަރު
08 Jan 2025 | 14:33
މެޝިނަރީ ބޭނުންކޮށްގެން ޒަރޫރީ ބޭނުމަށް ވެލި ނެގޭނީ، އީއައިއޭ ހަދައިގެން: އީޕީއޭ

ޒަރޫރީ ބޭނުންތަކުގައި މެޝިނަރީ ބޭނުންކޮށްގެން ވެލިނަގަމުންގެންދާކަން ފާހަގަކުރެވޭތީވެ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން އީޕީއޭއިން އާއްމުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ މެޝިނަރީ ބޭނުންނުކޮށް، ހަމައެކަނި ޒަރޫރީ ބޭނުމަށް ވެލިނެގުމަށް ކަނޑައަޅާފައިވަ ސަރަހައްދުތަކެއް ކަމަށެވެ. އީޕީއޭއިން ބުނީ އުސޫލްތަކާ ހިލާފަށް އެ ސަރަހައްދުތަކުން ގިނަ އަދަދަކަށް ވެލިނަގަމުންދާކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާކަމަށާއި، މިގޮތުން، މެޝިނަރީ ބޭނުންކޮށްގެން އަދި ވިޔަފާރި އުސޫލުން އެކި އެކި ބޭނުމަށް ވެލި ނަގަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އީޕީއޭއިން ބުނީ ކޮންމެ އަތޮޅެއްގައިވެސް، މެޝިނަރީ ބޭނުންނުކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލި ނެގުމަށް ވަކި ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅާފައިވާކަމަށެވެ. މެޝަނަރީ ބޭނުންކޮށްގެން ފަޅުފުންކުރުމާއި ވެލިނެގުމުގެ މަސައްކަތްތަކަކީ، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށްފަހު، ކުރަންޖެހޭ ކަމަކަށްވާއިރު، މެޝނަރީ ބޭނުންކޮށްގެން ވެލި ނަގާނަމަ ހަމަޖެހިފައިވާ އުސޫލްތަކުގެ މަތިން އެކަންކަން ކުރިއަށްގެންދިއުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިގޮތުން މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގަން ޖެހިއްޖެ ހިނދެއްގައި، އަތޮޅު ކައުންސިލާއި އަދި ކަމާގުޅޭ އެހެން ސަރުކާރުގެ އިދާރާތަކާއިއެކު މަޝްވަރާކޮށް، އެކަމަށް ޚާއްސަ ފަޅެއް ކަނޑައަޅައި، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް އީ.އައި.އޭ މަރުހަލާ ފުރިހަމަކުރެއްވުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮސްފައެވެ. 

އީޕީއޭއިން ވަނީ އެ އިދާރާގެ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކާމެދު އެ އިދާރައިން ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅުތައް އަޅަމުންގެންދާނޭކަމަށެވެ. މެޝިނަރީ ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ވެލިނަގަމުންދާ މައްސަލަ އީޕީއޭއިން ފާހަގަކޮށްފައިވާއިރު، ޕަމްޕުފަދަ އާލާތްތައް ބޭނުންކޮށްގެން ފަޅުފަޅުން ވެލިނެގުމަކީ މިހާރު ވަރަށް އާއްމުކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.