އެމްޓީސީސީން ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން.. ފޮޓޯ: ވޮއިސް
ހަބަރު
08 Jan 2025 | 13:21
އެމްޓީސީސީގެ މަޝްރޫއުތަކުގެ އަޕްޑޭޓް ވަގުތުން ފެންނާނެ ގޮތް ހަމަޖައްސައިފި

އެމްޓީސީސީގެ މަޝްރޫއުތަކުގެ އަޕްޑޭޓް ވަގުތުން ފެންނާނެ ގޮތް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ އަލަށް ތައާރަފްކުރި މި ޑޭޝްބޯޑު ފީޗަރ އަކީ ދެފުށް ފެންނަ ހާމަގޮތެއްގައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ދަށުން ތައާރަފު ކުރި ފީޗަރ އެއްކަމަށެވެ.

މި ފީޗަރ މެދުވެރިކޮށް  އަތޮޅުތެރޭގައި އެމްޓީސީން ހިންގާ ޕްރޮޖެކްޓުތަކާއި ޕްރޮޖެކްޓުތައް ކުރިއަށް ގޮސްފައި ހުރި މިންވަރު އަދި ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކުގެ މައުލޫމާތު ވެސް ފެންނައިރު، އެމްޓީސީސީގެ ޕްރޮޖެކްޓު ޑޭޝްބޯޑު މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ރިއަލް ޓައިމްކޮށް ޕްރޮޖެކްޓުތަކުގެ އަޕްޑޭޓު ބަލާލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ، ޕްރޮޖެކްޓް ޑޭޝްބޯޑުގެ ހޯމްޕޭޖުން ފެންނަ ރާއްޖޭގެ ޗާޓުން އެމްޓީސީސީން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާ ރަށްތައް ފެންނާނެކަމަށާއި، ކޮންމެ އަތޮޅަކަށް ކްލިކްކޮށްލުމުން އެ އަތޮޅެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އަދަދު ފެންނާނެކަމަށާއި އެ އަތޮޅަކަށް ކްލިކްކޮށްލުމުން އަތޮޅު ޗާޓާ އެކު ޕްރޮޖެކްޓު ކުރިއަށްގެންދާ ރަށްތައް ފެންނާނެކަމަށެވެ.

 ޕްރޮޖެކްޓު ކުރިއަށްދާ ރަށަށް ކްލިކް ކޮށްލުމުން އެ ރަށެއްގައި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ފެންނަ ގޮތަށް ފަރުމާ ކޮށްފައިވާ މި ފީޗަރއިން  މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދާއި މަސައްކަތުގެ ސްކޯޕު އަދި މަޝްރޫއުގެ އަގާ އެކު މަސައްކަތް ގޮސްފައިވާ މިންވަރުވެސް ފެންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.