ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގާ ބައްދަލުކުރައްވަނީ... ފޮޓޯ: އިންޑިއަން އެކްސްޕްރެސް
08 Jan 2025 | 17:42
ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށްދިނުމަށް އިންޑިއާއިން ދެމިއޮންނާނެ: ރަޖްނަތު

ރާއްޖޭގެ އަސްކަރިއްޔާގެ އެކި ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އަވައްޓެރި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނޭކަމަށް އެޤައުމުގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ، އެޤައުމުގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމާ ބެހޭގޮތުން މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރަޖްނަތު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ވަރުގަދަކުރުމަށް އިންޑިއާއިން އެހީތެރިކަން ދޭނޭކަމަށެވެ. އެގޮތުން އިންޑިއާގެ އަވައްޓެރި ޤައުމުތަކަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން އިންޑިއާއިން، ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ދޭނޭކަމަށް ރަޖްނަތު ވިދާޅުވިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، އެޤައުމުން ރާއްޖޭގެ އަސްކަރިއްޔާއަށް މިހާރުވެސް ދެމުންގެންދާ އެހީތައް ދަމަހައްޓައި އިތުރުކުރާނޭކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ލާބައަށް ކުރާ ކަންކަމުގައި އަބަދުވެސް އެހީތެރިކަން ދެމުންގެންދާނޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް އިންޑިއާގެ އެހީތެރިކަން ދޭނޭކަމަށް އެޤައުމުން ބުނެފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން އެ ޤައުމަށް ފޮނުވާލާފައެވެ. 

ސަރަހައްދީ ގުޅުމަށް ބަލާއިރު ރާއްޖެއާ އިންޑިއާ އަކީ ހުރިހާ ދާއިރާއަކުންވެސް ވަރަށްރަނގަޅު ގުޅުމެއް އޮންނަ ދެ ޤައުމެވެ. ހާއްސަ ގޮތެއްގައި އަސްކަރީ ރޮނގުންވެސް ދެޤައުމުގެ ދެމެދުގައި ގުޅުން ބޮޑުކަން ދެ ޤައުމުގެ ސަރުކާރުންވެސް ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.