މީގެ ކުރިން ރާއްޖެއިން އުމްރާއަށްދިޔަ ބަޔަކު މައްކާގައި..
ހަބަރު
08 Jan 2025 | 19:24
މައްކާގައި ނާދެވިފައިތިބި ދިވެހި އުމްރާވެރިންގެ ހާލަތު ސަރުކާރުން ދަނީ ބަލަމުން: ޝަހީމް

މައްކާއަށް އުމްރާއަށްދިޔަ ދިވެހި އުމްރާވެރިންގެ ތެރެއިން ގްރޫއްޕެއްގެ ހަވާލުގައި ގޮސް ނާދެވިފައިތިބި އުމްރާވެރިންގެ ހާލަތު ވަރަށްގާތުން ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ދިޔަ ބަޔަކު ރާއްޖެ ނާދެވި މައްކާގައި ތާށިވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމީހުންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. މިގޮތުން އެމީޙުން ރާއްޖެ ގެނައުމަށް ކޮށްދެވެންހުރި ކަންކަން މިނިސްޓްރީން ކުރާނޭކަމަށް ޝަހީމް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ މިފަހަރު އުމްރާއަށްދިޔަ ދިވެހިންގެ ބަޔަކު މައްކާގައި ތާށިވެފައި ތިބެންޖެހުނު މައްސަލައެއް އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އެމީހުން ގެންދިޔަ ގްރޫޕަކީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައޮތް ކުންފުންޏެއްކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ އެމީޙުން އުމްރާއަށްގެންދިޔަ ކުންފުނިން އެކަމުގެ ޒިންމާނަގަން ޖެހޭއިރު، އުމްރާގެ އަޅުކަން އަދާކުރުމަށް ދޭ ފައިސާ އެހެންކަންކަމަށް ބޭނުންކޮށް އުމްރާވެރިން ހާލުގައިޖެހެން ޖެހޭގޮތް މެދުވެރިވުމަކީ ވަރަށްބޮޑު މައްސަލައެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ފުރަތަމަ އިސްކުރާނީ އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ޙަވާލުގައި އުމްރާއަށް ދިޔަ 24 މީހަކު މައްކާގައި ރާއްޖެ ނާދެވިފައި ތިބިއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އެމީހުން ރާއްޖެ އަންނަން އޮތީ މިމަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް އަންނަން ޓިކެޓް ހަމަނުޖެހުމުން އެމީހުން ތާށިވީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން މައްކާއަށް ދިޔައިރުވެސް ދަތުރުގެ ކަންކަން ހުރީ ވަރަށް ދޯދިއާކޮށެވެ. އެކަން އެޖަމާއަތަށް ނިސްބަތްވާ ބައެއް މީހުން ވަނީ އާއިލާ މީހުންނާ ހިއްސާވެސް ކޮށްފައެވެ.

މިފަހަރަކީ ރާއްޖެއިން އެންމެގިނަ މީހުން އުމްރާއަށްދިޔަ ފަހަރުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިފަހަރު 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާކަމަށް ވަޒީރު ޑރ.މުޙައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ. ޢާއްމުގޮތެއްގައި ރާއްޖެއިން ޑިސެމްބަރު މަހުގެ ޢުމްރާއަށް 4000 އެއްހާ މީހުންކަމަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރިނަމަވެސް، މިއަހަރަކީ ރެކޯޑް އަދަދަކަށް އުމްރާއަށް މީހުންދިޔަ އަހަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.