ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Jan 2025 | 10:57
ހިޔާވެހި ފައިނޭންސް ސްކީމަކީ ލިބިފައި އޮތް ރަނުގެ ފުރުޞަތެއް، އޭގެ ބޭނުންހިއްޕަވާ: ރައީސް ޑރ.މުޢިއްޒު

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއްކަމަށާއި، އޭގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން އިލްތިމާސްކުރެއްވީ އެމަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށްވާއިރު، އެކަމަށް ޙައްލެއް ލިބެން އޮތް ދެވަނަ ގޮތަކީ ހައުސިންގް މަޝްރޫޢުތައް ހިންގުންކަމަށެވެ.

މި މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށުމަށް ދަޢުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިއީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަޖެޓަށް އިތުރު ކުރެވޭނެ މިންވަރެއް ކަމަށާ، މިކަމުގެ މަގްސަދަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް، ޙަޤީޤީ މާނައިގައި ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުން ކަމަށެވެ.

‎ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ފުރުޞަތު އޮތް މީހަކަށް ވުމަކީ ޢަމާޒުކަމަށާއި، ހައުސިންގް ޔުނިޓް ނުވަތަ ލޯނު ސްކީމާއި އެނޫންވެސް އެފަދަ މަޝްރޫޢުތަކުގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވައްސަށް ފުރުޞަތު ލިބިފައި އޮތް ރައްޔިތެއް ކަމުގައި ހެދުމަށް ވެވަޑައިގެން ވައުދު ފުއްދަވާނެކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިފްތިތާހްކުރި "ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމް" އަށް އަލިއަޅުވާލައްވައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ،  އަތްފޯރާ ހެޔޮ އަގެއްގައި ގެދޮރު ޢިމާރާތް ކުރެވޭނެ މަގު މި ލޯނު ސްކީމުގެ ދަށުން ހަމަޖެހިގެންދާނެކަމަށާއި، މިކަމަށްޓަކައި ރާއްޖޭގައި ހިންގާ މައިގަނޑު ހުރިހާ ބޭންކުތަކާއި އެކު އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކޮށްފައިވާކަމަށެވެ.

މިއީ އަތްފޯރާ ފަށުގެ ލޯނު ސްކީމެއް ކަމަށާއި، އިސްލާމިކް ފައިނޭންސް މޮޑެލުގެ މި ލޯނު ސްކީމުުގައި އެއްވެސް ވަރަކަށް ދީނުގައި ހުއްދަނޫން އެއްވެސް ކަމެއް ނުހިމެނޭކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވަނީ ގޯތީގައި ގެދޮރު ބިނާކުރުމަށް އަމިއްލައަށް ގެ އެޅުމަށް 5 އިންސައްތައިގެ އިންޓަރެސްޓްގެ އިކުއިޓީ ބަހައްޓަން ނުޖެހޭ މި ލޯނު ސްކީމްގެ ބޭނުން ހިފުމަށް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"ތި ބޭފުޅުންނަށް އެފޯރޑުކުރެވޭނެ، އަތްފޯރާ ފަށުގެ ލޯނު ސްކީމެއް މިއީ. އަނެއްކާ އިސްލާމިކް ފައިނޭންސް މޮޑެލުގެ ލޯނު ސްކީމެއް. އެހެންވީމާ، އެއްވެސް ވަރަކަށް ދީނުގައި ހުއްދަނޫން އެއްވެސް ކަމެއް ނުހިމެނޭ. އެހެންވީމާ، މި ލޯނު ސްކީމުގެ ބޭނުންހިއްޕަވާ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު މިދަންނަވާލަނީ، މިއީ ރަނުގެ ފުރުޞަތެއް. ތި ބޭފުޅުންގެ ގޯތީގައި ގެދޮރު ބިނާކުރުމަށް އަމިއްލައަށް ގެއެއް އެޅުމަށް މި ލޯނު ނެންގެވޭނެ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓުން 1000 މިލިއަން ރުފިޔާ ކޮންމެ އަހަރަކު އިތުރު ކުރެވޭނެކަމަށާއި، ކޮންމެ އަހަރަކު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވޭނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.