މާފުށީ ޖަލު: ފޮޓޯ/ ދަ ޕްރެސް
ހަބަރު
09 Jan 2025 | 15:26
މާފުށީ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ނުހިނގާ؛ ގައިދީން ތިބެނީ ކައިގެން: ކަރެކްޝަންސް

މާފުށީ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ނުހިނގާ ކަމަށާ، ޖަލު ގައިދީން ތިބެނީ ކައިގެން ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ. 

މާފުށީ ޖަލުގެ ބައެއް ޔުނިޓް ތަކުގައި ތިބި ގައިދީން ނުކައި، ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ހިންގާތާ ތިން ދުވަސް ވެފައިވާ ކަމަށާ، ނުކައި ހުރުމުގެ ސަބަބުން ބައެއް ގައިދީންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާވެސް ދިން ކަމަށްބުނެ މީސް މީޑިއާގައި ވާހަކަތައް އަންނަނީ ފެތުރެމުންނެވެ. 

މީގެ އިތުރުން، ޖަލު ގައިދީއެއްގެ އާއިލާއިން ”ވޮއިސް“އަށް މަޢުލޫމާތު ދިން ގޮތުގައި، ބައެއް ގައިދީންނަށް ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ޚާއްޞަ ކެއުން ދިނުން މިހާރު ވަނީ ހުއްޓާލާފައެވެ. އެގޮތުން ހަކުރު ހުންނަ މީހުންނާއި، އެހެން ބަލިތައް ހުންނަ މީހުންނަށް ދޭންޖެހޭ ޚާއްޞަ ކާއެއްޗެހި ނުދޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ޔޫ2 ގޮޅި (ވާނުވާ މީހުން ތިބޭ ގޮޅީ)ގައި ތިބޭ މީހުންނަށް ދީފައި ހުރި ލުއިތައް ވެސް ގެންގޮސްފައިވާ ކަމަށް ބުނެފައިވެ.

ކުރީ ސަރުކާރުގައި އެމީހުންނަށް މަހަކު އެއް ފަހަރު ނިކުމެވޭނެ ގޮތަށް އޮތް އުސޫލު ބަދަލުކުރި އިރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާބހަވާލުވެވަޑައިގެން އެ މީހުންނަށް އަބަދުވެސް ނިކުމެވޭ ގޮތް ހަދައި ކުޅެން ވެސް ދެވޭ ގޮތަށް ނިންމި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ކަންކަން ވެސް މިހާރު ހުއްޓުވާފައިވާ ކަމަށް ޢާއިލާތަކުން ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް އިން ބުނީ، ޖަލުގައި ތިބި ގައިދީންނަށް ކަރެކްޝަންސް އިން ދޭ ކާތަކެތި ނުކައި ކަމަށެވެ. އެހެން ނަމަވެސް، ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ޖަލުގައިދީންނަށް ވިޔަފާރި އުސޫލުން ވިއްކާ ކަމަށާ، އެ ވިއްކާ ފަރާތްތަކުގެ އަތުން ކާބޯތަކެތި ގަނެގެން ގައިދީން އެ އެއްޗެހި ކައި ކަމަށެވެ. 

މީގެ އިތުރުން، ހާލު ދެރަވި ކަމަށް ބުނި ގައިދީން ގެންގޮސް އެ މީހުންގެ ވައިޓަލްސް ބެލި ކަމަށާ، އެމީހުންގެވެސް ހާލު ރަނގަޅު ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މާފުށީ ޖަލުގައި ތިބި ބައެއް ބަންދުމީހުން މި ސަރވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނެގި ނަމަވެސް، ވިޔަފާރި އުޞޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާކަމަށާއި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދުމީހެއްގެ ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ޚާއްސަ ފަރުވާ ދެވިފައިވާ ނުވާ ވާހަކަ ދަންނަވަމެވެ

ކަރެކްޝަންސް

މީގެ އިތުރުން، ކަރެކްޝަންސް އިން މިކަމާއި ގުޅޭ ގޮތުން، މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވުނު ނަމަވެސް، އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް، ޚިދުމަތެއް އުނިކުރެވިފައެއް ނުވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.