ރައީސް ޑރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
09 Jan 2025 | 12:46
4،000 ފުލެޓުގެ ލިބޭމީހުންގެ ލިސްޓު ރޯދައިގެ ކުރިން އިއުލާންކުރާނަން: ރައީސް ޑރ.މުއިއްޒު

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓު ލިބޭމީހުންގެ ލިސްޓު ރޯދައިގެ ކުރިން އިއުލާންކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދު އަތޮޅު ކުރައްވަމުންދާ ދަތުރުފުޅު ނިންމަވާލައްވަމުން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، ފުލެޓްތައް ހަވާލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އަޅުގަނޑު ވައުދުވީ އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް ފުލެޓެއް އަޅުގަނޑުމެންނެއް އަތެއް ނުލާނަމޭ. ދެން އަބަދުވެސް އޮންނަ ހަމައެކޭ، މަކަރު ހަދައިގެން ދޮގު ހަދައިގެން، ފޯޖު ޑޮކިޔުމެންޓްސް ލައިގެން މިކަހަލަ ގޮތަކުން މީހަކު ފުލެޓެއް ގޯއްޗެއް ހޯދާފައި އޮތިއްޔާ އެއީ އެމީހެއްގެ އަތުން ކެންސަލް ވާނެ އެއްޗެކޭ. އެއީ އިސްތިސްނާއެކޭ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 

އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފުލެޓް ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

މައިގަނޑު އަމާޒަކީ އެމީހަކަށް ފުލެޓް ލިބިފައި އޮތް ތަނަކުން ނޫނީ ގޯތި ލިބުނު ތަނަކުން ދިނުން. ދެން، އަޅުގަނޑު އުއްމީދު މިކުރަނީ ވީހާވެސް އަވަހަކަށް 4000 ފުލެޓްގެ ކަންތައް ނިންމައި އިއުލާން ކުރެވޭނެ ކަމަށް… ރޯދައިގެ ކުރިއަށް އިރާދަ ކުރެއްވިއްޔާ އިއުލާން ކުރަން މި މަސައްކަތް ކުރަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލް ކުރެވޭ ކުރެވޭނެ ކަމަށް.  

ރައީސް ޑރ. މުހައްމަދު މުއިއްޒު 

"ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

ނަމަވެސް އެ ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިކާ ކަންކަން ހުރިކަމަށް އާއްމު ފަރާތްތަކަކުން ތުހުމަތުކޮށްފައިވާތީވެ، އެ ލިސްޓް މުރާޖައާކުރުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި ފައިނަލް ލިސްޓު އާއްމު ކުރުމަށް އެކިއެކި ތާރީޚް ދިން ނަމަވެސް އަދިވެސް އެ ލިސްޓް ނެރެވޭ ގޮތް ވެފައެއް ނުވެއެވެ.

ކޮމެންޓް
ޒޫމަލް
ބޯހިޔާ ވަހިކަންވެސް ކަށަވަރު. ވައުދު ފުރިހަމަކުރަމުން ދަނީ
09 Jan 2025
ދިވެހި ރެފިއުޖީ ރައްޔިތު
ތިޔަ ލިސްޓު ގެ އިންތިޒާރުގައި ތިބެ ތިބެ މިހާރު ނަފްސާނީ ވެއްޖެ. ދެން ލިސްޓެއް ނޫން ބޭނުންވަނީ ފްލެޓް ތަކުގެ ތަޅުދަނޑި. މި ރޯދަ މަހަށް އެތަނަށް ވަދެވޭވަރު ކޮށްދެއްވާ ރައީސް.
09 Jan 2025
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.