ރައީސް ޑރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
09 Jan 2025 | 14:16
މިފްކޯގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް މުޢިއްޒު

މިފްކޯގައި އޮތް ކޮރަޕްޝަން މުލުން ލުހެލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާ ލައްވަމުން، ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، މިފްކޯ ރިފޯމްކޮށް، އެތަން ހަރުދަނާކޮށް ތަނުގައި ހިނގާ ބޭކާރު ޚަރަދުތައް އެތަނުގައި ހިނގާ ކޮރަޕްޝަންތައް ނައްތާލައްވާނެކަމަށެވެ.

"އެތާ (މިފްކޯ) އެތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައްތައް ހިނގާ. އަޅުގަނޑު ގަބޫލުކުރަނީ ކޮރަޕްޝަންގެ އަމަލުތަކެއްގެ ގޮތަށް ފެންނަ ކަންތައްތަކެއް. އަޅުގަނޑުމެން އެ ހުރިހާ ކަމެއް އެތަނުން މުލުން ލުހެލާނަން. އެ އަޒުމުގައި މަސައްކަތްތައް ފަށާފައި އެހުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މިފްކޯ ހަރުދަނާކުރުމަށް ބޭރުގެ ސީއީއޯއެއް ހަމަޖައްސާފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި މިފްކޯ ރިފޯމް ކުރުމުގެ މަސައްކަށް ވަރަށް ގާތުން ބައްލަވާ ކަމަށާ، މަސްވެރިން އެދޭ ގޮތަށް އެތަން ރިފޯމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ރަނގަޅަށް ތަރައްގީ ކުރެވިއްޖެނަމަ އެއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ހޯދޭނެ ސިނާއަތް ކަމަށެވެ.

އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ސިނާއަތް ނަމަވެސް، ފަތުރުވެރިކަމަށްވުރެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ކަމަށެވެ.

"މަސްވެރިކަމުގެ އިންޑަސްޓްރީއަކީ އެއަށްވުރެވެސް (ފަތުރުވެރިކަމަށްވުރެ) މައްޗަށް ގެންދެވޭނެ އިންޑަސްޓްރީއެއް. ޑައިވާސިފައިކުރަން ވެސް އެބައޮތް ވަރަށް ބޮޑަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް ކަން ކަމަށާ، އެގޮތުން، މަސްވެރިންނަށްވެފައިވާ ވައުދާއި އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ޑިސެމްބަރު 10 އިން ފެށިގެން ފުއްދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.