ވިއްސާރައިގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ހަބަރު
09 Jan 2025 | 13:23
ހުކުރު ދުވަހުގެ ވިއްސާރަ: މާލޭގެ ގޭބީސީތަކަށް ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާ

މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރައާއި ގުޅިގެން މާލޭގެ  ގޭބީސީތަކަށް ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިދިޔަ ހުކުރުދުވަހު ކުރި ވިއްސާރައާއި ގުޅިގެން އެންޑީއެމްއޭއިން ނެރުނު އަދާހަމައިގައި ބުނީ، ޖެނުއަރީ 3 ވަނަ ދުވަހުގެ 00:00 އިން ފެށިގެން 4 ޖެނުއަރީގެ 00:00 އާއި ހަމައަށް މާލެއަށް 161.9 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، މިއީ ރެކޯޑެއްކަމަށެވެ.

މިއާއިއެކު އެ އޮތޯރިޓީން ބުނީ، ޖެނުއަރީ 3 ވަނަ ދުވަހުގެ 15:00 އިން ފެށިގެން 18:00 އާއި ހަމައަށް 3 ގަޑިއިރުގެ ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، މިއީ 3 ގަޑިއިރުގެ ތެރޭގައި މިހާތަނަށް މާލެއަށް ބޯކޮށް ވާރޭވެހުމުގެ ރެކޯޑެއްކަމަށެވެ.

ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭކަމަށް މާލެއިން 145 ގެއެއް ފާހަގަކުރެވިފައިވާކަމަށާއި އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ހަދާ ނިމިފައިވާއިރު، 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުންނުވާކަމަށް ބުނެފައިވާކަމަށާއި، އެކި ސަބަބުތަކާއި ހުރެ 17 ގެއެއްގެ އެސެސްމަންޓް ހެދިފައިނުވާކަމަށް އެންޑީއެމްއޭއިން ފާހަގަކުރިއެވެ.

އެންޑީއެމްއޭއިން ބުނީ، އަތޮޅު ތެރޭގެ ރަށްރަށަށް އުދަ އަރައިގެން 2 ރަށަކުން ރިޕޯޓްކުރިކަމަށާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަތޮޅުތެރޭގެ 8 ރަށަކުން ރިޕޯޓުކޮށްފައިވާއިރު 4 ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިގެން އެސެސްމަންޓް ރިޕޯޓު ހުށައަޅާފައިވާކަމަށެވެ.

އެންޑީއެމްއޭއިން މައުލޫމާތުދޭ ގޮތުގައި، އެދުވަހުގެ ވިއްސާރައިގައި މާލޭގެ ގޭބިސީތަކަށް ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާއިރު، އަތޮޅު ތެރޭގެ ރަށްރަށުގެ ގޭބިސީތަކަށް ލިބުނު ގެއްލުން 8 ލައްކަ ރުފިޔާއަށް އަރައެވެ. އަދި މިއީ މާލެއާއި ރަށްރަށުގެވެސް ހަމައެކަނި ގޭބިސީތަކަށް ލިބުނު ގެއްލުންކަމަށާއި، މީގައި ވިޔަފާރިއާއި ގުދަންތަކާއި ދަނޑުބިންތައް ނުހިމެނޭކަމަށް އެއިދާރާއިން ހާމަކުރެއެވެ.

އެންޑީއެމްއޭއިން ހިންގި ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ހަރަދުވެފައިވާއިރު، ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކެއިން ބުއިމަށް ދެ ލައްކަ ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މިއީ މިހާތަނަށް ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަންކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ، މިއީ އެންމެ ބޮޑަށް ގެއްލުންވެ އެންމެ ގިނަ މީހުންނަށް ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރުކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.