އުމްރާއަށްދިޔަ ދިވެހިންގެ ބަޔަކު މައްކާގައި
ހަބަރު
09 Jan 2025 | 19:07
ނާދެވުނު އުމްރާވެރިން ހޮނިހިރު ދުވަހު ރާއްޖެ ގެންނަނީ!

މިފަހަރު އުމުރާއަށްގޮސް އުޅެނިކޮށް މައްކާގައި ތާށިވި އުމްރާވެރިން، އަންނަ ހޮނިހިރުދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އުމްރާއަށްގޮސް އުޅެނިކޮށް ރާއްޖެ ނާދެވުނު އުމްރާވެރިންނަކީ އަލް ހިޖުރަ ޖަމާއަތުގެ ހަވާލުގައި މިފަހަރު އުމްރާކުރަންދިޔަ މީހުންނެވެ. އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމުން މިނިސްޓްރީން ވަނީ އެކަން ހިނގާދިޔަގޮތް ބަލައި، ރާއްޖެ ނާދަވުނު ދިވެހިން ގެނައުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ. އަދި ހައްޖު ކޯޕަރޭޝަނުން ވަނީ އެމީހުންގެ ކަންތަކާ ހަވާލުވެ، ރާއްޖެ ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ވިދާޅުވީ، ހިޖުރަ ކުންފުނީގެ ޙަވާލުގައި ދިޔަ އުމްރާވެރިން މިހާރުވަނީ، މިނިސްޓްރީގެ އިރުޝާދުގެ ދަށުން ޙައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައި ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރުދުވަހު ހެނދުނު 8.10 ގައި ޤަތަރު އެެއަަވޭސް އިން އެމީހުން މާލެ އަންނާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުމްރާއަށް ގެންދިޔަ މީހުނަށް އިހުމާލުވުމުން، އިސްލާމިކް މިނިސްޓްރީން ވަނީ އަލް ހިޖުރަ އުމްރާ ގްރޫއްޕު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފެހެއްޓިކަން މިއަދު އިއުލާންކޮށްފައެވެ. 

އަލް ހިޖުރަ ގްރޫޕަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އެކުންފުނި ޖޫރިމަނާކުރުމާއި ހުއްދަ އަތުލުމުގެ އިތުރުން، ސަރުކާރުން ކުރަންޖެހުނު ހަރަދުތައް އަނބުރާ ދައްކަންޖެހުން ހިމެނެއެވެ. މީގެ އިތުރުން އަލް ހިޖުރަ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ނުދިނުން ހިމެނެއެވެ.

މިފަހަރު ރާއްޖެއިން އުމްރާއަށްދިޔަ މީހުންގެ ތެރެއިން, އަލްހިޖްރަ ކުންފުނީގެ ހަވާލުގައި ދިޔަމީހުން މައްކާއިން ނުފުރުނީ، ރިޓާން ޓިކެޓް ނުލިބުމުންނެވެ.. އެމީހުން ރާއްޖެ އަންނަގޮތަށް އޮތީ މިމަހު 5 ވަނަ ދުވަހުއެވެ. މައްކާގައި އުމްރާވެރިން ތާށިވި މައްސަލާގައި މިނިސްޓަރު ޝަހީމްރޭ ވިދާޅުވެފައިވަނީ، އެމީހުން އުމްރާއަށްގެންދިޔަ ކުންފުނިން އެކަމުގެ ޒިންމާނަގަން ޖެހޭއިރު، އުމްރާގެ އަޅުކަން އަދާކުރުމަށް ދޭ ފައިސާ އެހެންކަންކަމަށް ބޭނުންކޮށް އުމްރާވެރިން ހާލުގައިޖެހެން ޖެހޭގޮތް މެދުވެރިވުމަކީ ވަރަށްބޮޑު މައްސަލައެއްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.