ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ ސްޓެލްކޯ
ހަބަރު
10 Jan 2025 | 09:53
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން ބުނީ، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މޫސުން ތަންދިނުމާއެކު ކަރަންޓް ކަނޑާލަން ޖެހުނީ މާލޭގެ 2 ސަރަހައްދަކުން ކަމަށެވެ.

އަދި އެ ސަރަހައްދުންވެސް ކަރަންޓް ކަނޑާލަން ޖެހުނީ އެއްގަޑިއިރަށްވުރެވެސް މަދު ވަގުތުކޮޅަކަށް ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 132 ކޭ.ވީ. ސަބްސްޓޭޝަންގެ ނެޓްވޯކް ފުޅާކުރުމާއި ހަކަތަ ދިނުމުގެ މަސައްކަތް ވަރަށް މަދު ވަގުތުކޮޅަކަށް ކަރަންޓު މެދުކަނޑާލައިގެން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ.

އަދި މި ކާމިޔާބީ ހޯދުމުގައި ސްޓެލްކޯގެ އިންޖިނިއަރުންނާއި މުވައްޒަފުން ދެއްކި ހިތްވަރާއި ޕްރޮފެޝަނަލިޒަމަށް ތަޢުރީފުކުރައްވާ ކަމަށާއި، މި މަސައްކަތުގައި ރައްޔިތުން ދެއްވި ކެތްތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ހުސައިން ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ މި ކާމިޔާބީ ހާސިލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންތެރި ލީޑަރޝިޕާއި ދެއްވި އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.