ހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ ބައެއް: ފޮޓޯ/ ހިޖުރަ ޓުއާސް
ހަބަރު
10 Jan 2025 | 11:39
އުމުރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފްވި އިތުރު ޖަމާއަތްތަކަށް ވެސް ފިޔަވަޅު އަޅަނީ

އުމުރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ އުސޫލުތަކާ ބައެއް އެހެން ގްރޫޕްތަކުން ވެސް ހިލާފުވެފައިވާ ކަމަށާ އެ ގުރޫޕްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެ ކުންފުނީގެ 2024 ޑިސެމްބަރު ޢުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ އިޢުތިރާފުވެފައެވެ. 

އެހެންކަމުން އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާ ޚިލާފުވެފައިވާތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ އެ ގުރޫޕުގެ ހުއްދަ ހިފަހައްޓައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.  

މީގެ އިތުރުން، އިސްލާމިކް މިނިސްޓަރ ރޭ ވިދާޅުވީ، ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާ އެއްގޮތައް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން، އެކުންފުނިތަކުން އުސޫލަށް އަމަލު ނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑު މިނަށް ބަލައި އަންނަ ހަފްތާގައި އުޞޫލުގައި ބުނާގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ނަމަވެސް އެއީ ކޮން ކުންފުނި ތަކެއް ކަމެއް ވަޒީރު ހާމަނުކުރައްވައެވެ.

އުމުރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދޫކުރުގެ އުސޫލުގައިވާ ގޮތުން އެ އުސޫލާ ހިލާފުވާ ޖަމާއަތްތައް 1،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ވަގުތީ ގޮތުން ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލްކުރުމުގެ އިހުތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލް ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން