ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Jan 2025 | 14:30
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ.މުޢިއްޒު ހޯމަ ދުވަހު، އެސްޓޯނިއާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިމަހުގެ 13 ވަނަ ދުވަހު އެސްޓޯނިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފިީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މިމަހުގެ 13 އިން 16 ވަނަ ދުވަހަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކާރިސްގެ ދަޢުވަތަކަށް އެގައުމަށް ރައީސް ޑރ.މުޢިއްޒު ކުރައްވާ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަމަށެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށާއި، މި މަޝްވަރާތަކުގައި ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސްގެ ދާއިރާތަކުންނާއި، މޫސުމާއި ތިމާވެށީގެ މައްސަލަތަކުގައި އަދި ސައިންސާއި ތަޢުލީމުގެ ދާއިރާއިން ދެގައުމުން އެއްބާރުލުން ދެވިދާނެ ދާއިރާތައް ހިމެނޭކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، އެގައުމުގެ ރައީސް ޑރ. ކާރިސް ގެ އިތުރުން އެސްޓޯނިއާގެ ޕާލަމެންޓް 'ރީގިކޯގޫ' ގެ ރައީސް ލައުރި ހުއްސާރއާއި، އެކި ވުޒާރާތަކުގެ ވަޒީރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި، މީގެ ތެރޭގައި ތަޢުލީމާއި ދިރާސާގެ ވަޒީރު ކްރިސްޓީނާ ކަލާސްއާއި، މޫސުމާބެހޭ ވަޒީރު އެކްސެލެންސީ ޔޯކޯ އަލެންޑަރ، ޞިއްޙަތާބެހޭ ވަޒީރު އެކްސެލެންސީ ރީނާ ސިކުޓް، ޢަދުލު އިންސާފާއި ޑިޖިޓަލް ކަންކަމާބެހޭ ވަޒީރު އެކްސެލެންސީ ލީސާ-ލީ ޕަކޮސްޓާ އަދި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޖޮނަތަން ވްސެވިއޯވް ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒު، އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރޓޫ ސިޓީއަށްވެސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ސިޓީގައި ހުންނަ ޓާރޓޫ ޔުނިވަރސިޓީއަކީ ސައިންޓިފިކް ދުނިޔޭގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއެކެވެ. އެގޮތުން އެމަނިކުފާނު މި ޔުނިވަރސިޓީއަށާއި، އެތަނުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓާއި، އެސްޓޯނިއާގެ ޖީނޯމް ޑޭޓާބޭސް ސެންޓަރަށާއި، ގްރީންއެނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރައްވާނެއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުވުންތަކާއި މަޝްވަރާތަކުގައި އެސްޓޯނިއާގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވާއިރު، ރައީސް ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުން ދެ ޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތައް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވަޒީރު ޢަލީ އިޙްސާނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދަކާއިއެކު، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ފަރާތްތަކުގެ މައްޗަށް އެކުލެވޭ އެކުލެވޭ އަމިއްލަ ވަފުދެއްވެސް ވަޑައިގަންނަވާއިރު، މި ވަފުދުން އެސްޓޯނިއާގެ ޑިޖިޓަލް ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި އިންސްޓިޓިއުޓްތަކާ ބައްދަލުކުރައްވާނެއެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަންއަކީ ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިންމު އިސްކަންދެއްވާ ކަންތައްތަކުގެ ތެރެއިން ކަމަކަށްވާއިރު، އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. މިގޮތުން މި ގައުމަކީ އީ-ސަރވިސްތަކުގެ ދާއިރާއިން ދުނިޔޭގެ އިސް ސަފުގައި ހިމެނޭ ޤައުމެކެވެ. އަދި މިއީ އީ-ރެޒިޑެންސީ ޕްރޮގްރާމާއި، ކުރިއަރާފައިވާ އީ-ގަވަރނަންސް ޕްލެޓްފޯމްތަކާއި، ސަރުކާރުގެ ޚިދުމަތްތަކުގައި ޑިޖިޓަލް ޙައްލުތައް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ގޮތުން މަޝްހޫރުވެފައިވާ ޤައުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.