ޕަމްޕް ސްޓޭޝަން ހަލާކުވެފައި... ފޮޓޯ: މިނިސްޓަރު މުއްތަލިބް އެކްސް ޕޯސްޓް
ހަބަރު
11 Jan 2025 | 16:32
ޕަމްޕު ސްޓޭޝަން މައްސަލާގައި މިނިސްޓަރު މުއްތަލިބާއި، މޭޔަރު އާޒިމް އަރާރުމަކަށް!

މާފަންނު ސަރަހާ ކައިރީގައި ގާއިމްކޮށްފައިވާ ޕަމްޕް ސްޓޭޝަން ހަލާކުވެފައިވަނީ، މާލެސިޓީ ކައުންސިލްގެ އިހުމާލުންކަމަށް މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ، މާލެއަށް ރޭ ކުރި ވިއްސާރާގައި މާފަންނުކޮޅުގައި ފެންބޮޑުވެ، ފެން ހިންދުމަށް މާފަންނު ސަހަރާކައިރީގައި ގާއިމްކޮށްފައިވާ ޕަމްޕް ސްޓޭޝަނަށް ގެއްލުންވެފައި ހުރުމާ ގުޅިގެންނެވެ.

މުއްތަލިބް އެކްސްގައި ވިދާޅުވީ، މާފަންނު ސަރަހާ ކޮނުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މަސައްކަތްކުރާ މީހުން ކުރިއިރު، އެތަނުގައި ހުރި ޕަމްޕް ސްޓޭޝަން، މިނިސްޓްރީއަށް އެނގުމަކާ ނުލައި ރޫޅާލާފައިހުރި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެއީ ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެއްކަމަށާއި، ޕަމްޕް ސްޓޭޝަން ރޫޅާލާފައިވުމުން އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައިވާކަމަށެވެ.

މިނިސްޓަރު މުއްތަލިބުގެ އެވާހަކަތަކަށް ރައްދުދެއްވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ޕަމްޕް ސްޓޭޝަން ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި، އެކަން މިނިސްޓަރު މުއްތަލިބުގެ ސަމާލުކަމަށް މީގެކުރިން ގެނެސްފައިވާނޭކަމަށެވެ. އެގޮތުން  މިނިސްޓަރުގެ ސަމާލުކަމަށް ލިޔުމުން މީގެ ކުރިން ގެނެސްފައިވާނޭކަން ފާހަގަކުރައްވަމުން އާޒިމް ވަނީ އެކަމާ ގުޅޭ ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

މޭޔަރު އާޒިމްގެ އެ ޕޯސްޓަށް ރައްދުދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، އެ ޕަމްޕް ސްޓޭޝަން މިދިޔަ ހަފްތާގައިވެސް މަސައްކަތްކުރި ކަމަށާއި، މިނިސްޓްރީގެ ފަރާތުން ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ގަވާއިދުން ބަލަމުންގެންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޕަމްޕް ސްޓޭޝަން ގާއިމްކޮށްފައި ހުރި ސަރަހައްދު ކޮނުމުގެ މާނައެއް ނެތްކަމަށާއި، އެ ސްޓޭޝަން ގާއިމްކުރީ އެތަންކޮނެ ގަބުރުތައް ނަގައި ސާފުކުރުމަށްފަހު ކަމަށެވެ

މާލޭގެ މާފަންނު ސަރަހައްދަކީ ވާރޭ ވެހިއްޖެނަމަ އެންމެބޮޑަށް ފެންބޮޑުވާ އަވަށެވެ. މާފަންނު ސަރަހައްދަށް ބޮޑުވާ ފެންގަނޑު ހިންދުމަށް މީގެކުރިން އެތައް މަސައްކަތްތަކެއް ކުރިނަމަވެސް ހާއްސަ ގޮތެއްގައި މާފަންނު ސަރަހައްދު ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އައިސްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.