މާފަންނު ސަހަރާ ޕަމްޕް ސްޓޭޝަން..
ހަބަރު
11 Jan 2025 | 20:20
ސިޓީ ކައުންސިލްގެ އިހުމާލުން ހަލާކުވި ޕަމްޕްސްޓޭޝަން އަލުން އޮޕަރޭޝަނަށް ގެނެސްފި

މާލެސިޓީ ކައުންސިލްގެ އިހުމާލުން ހަލާކުވި ޕަމްޕް ސްޓޭޝަން މަރާމާތުކުރުމަށްފަހު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވިއްސާރަވެހުމާއި ގުޅިގެން މާލޭގެ މާފަންނުކޮޅުގައި ފެންބޮޑުވާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެހިސާބުގެ އެކި ސަރަހައްދުތަކުގައި ފެން ހިންދުމަށް ޕަމްޕް ސްޓޭޝަންތައް ގާއިމްކޮށްފައެވެ. މާލެސިޓީ ކައުންސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރަނިކޮށް އެތަނުގައި ހުރި ޕަމްޕް ސްޓޭޝަން ވަނީ ހަލާކުވެފައެވެ. މިކަމާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާއި، މާލެސިޓީގެ މޭޔަރު އާދަމް އާޒިމާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

މި މައްސަލާގައި މޭޔަރު ވިދާޅުވީ، ޕަމްޕް ސްޓޭޝަން ހަލާކުވެގެން އެކަމުގެ ޝަކުވާ މިނިސްޓްރީއާ ހިއްސާކޮށްފައިވާނޭކަމަށެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ މާފަންނު ސަހަރާގައި ޕަމްޕް ސްޓޭޝަން ގާއިމްކޮށްފައިވާނީ އެތަނުގައި ހުރި ގަބުރުތައް ނަގައި ސާފުކުރުމަށްފަހު ކަމަށެވެ. އެހެންކަމުން މާލެސިޓީ ކައުންސިލުން އެތަން ކޮނުމުގެ އެއްވެސް މާނައެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ޕަމްޕް ސްޓޭޝަން މިދިޔަ ހަފްތާގައިވެސް ރަނގަޅުކަމަށާއި، އެތަން ގަވާއިދުން ބަލާ ޗެކްކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި މީގެ ކުޑައިރުކޮޅެއްކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މާލޭގައި ކޮންމެ ފަހަރަކުވެސް ފެންބޮޑުވުމުން ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓްކޮށް ބަލަމުންދާކަމަށާއި، މިގޮތުން ބެލިއިރު މާފަންނު ސަހަރާގައި ގާއިމްކޮށްފައިހުރި ޕަމްޕް ސްޓޭޝަނާއި އެ ސްޓޭޝަނަށް ގުޅާފައިވާ ހޮޅިތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރިކަމަށެވެ.

އެތަނަށް ގެއްލުން ލިބިފައިވަނީ، ސްޓޭޝަނަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި،  އެ ސަރަހައްދު ކޮނުމުންކަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މަސައްކަތް ކުރަމުްނދިޔައިރު، މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާވެސް ކޮށްފައި ނުވާކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީްނ ބުނީ، ޕަމްޕް ސްޓޭޝަން ނެޓްވަރކް ޗެކްކޮށް ރޯޑް ކޯޕަރޭޝަނާއި، އަދި ސްޓެލްކޯގެ އެހީތެރިކަމާއެކު މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން ވަގުތީގޮތުން މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ.

މާލޭގެ މާފަންނު ސަރަހައްދަކީ ވާރޭ ވެހިއްޖެނަމަ އެންމެބޮޑަށް ފެންބޮޑުވާ އަވަށެވެ. މާފަންނު ސަރަހައްދަށް ބޮޑުވާ ފެންގަނޑު ހިންދުމަށް މީގެކުރިން އެތައް މަސައްކަތްތަކެއް ކުރިނަމަވެސް ހާއްސަ ގޮތެއްގައި މާފަންނު ސަރަހައްދު ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އައިސްފައެއް ނުވެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.