ފެލިވަރު މަސްދަޅު-- ފޮޓޯ: އަވަސް
ހަބަރު
12 Jan 2025 | 11:47
މި ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދިނުމަށް މިފްކޯ ތައްޔާރުވަނީ

މި ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވާނެ ކަމަށް މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، މިފްކޯއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މައުލޫމާތު ދެމުން ބުނީ، މިކަމަށްޓަކައި ތައްޔާރުވަމުންދާކަމަށެވެ.

މިގޮތުން މިފްކޯއިން ބުނީ، ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށާއި، މިފްކޯއިން ކޮންމެ ރަމަޟާން މަހަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް މަސްދަޅު އުފައްދާއިރު، ރައީސް ޑރ.މުޢިއްޒުގެ މިވައުދުފުޅާއިއެކު، އިތުރު މަސްދަޅު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިއީ  އެސްޓީއޯއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކޮށް މިފްކޯއިން ބުނީ، އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމުމުން ގޭބީސީތަކަށް މަސްދަޅު ކޭސް ދޫކުރާނެގޮތްތައް ރާވަމުން އަންނަކަމަށެވެ.

މިދިޔަ އަހަރު ސަރުކާރުން 82،000 ގޭބީސީއަކަށް ކާޑު ހަދިޔާ ކޮށްފައިވާއިރު، ކޮންމެ ގޭބީސީއަކަށް މިއަހަރު މަސް ހަދިޔާކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވާއިރު، މި ރޭޓުން ބަލާނަމަ 82،000 ގޭބިސީއަށް 62.9 މިލިޔަން ރުފިޔާގެ މަސްދަޅު ހަދިޔާ ކުރެވޭނެއެވެ.

ހަމަމިއާއިއެކު، މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ހުރިހާ ގޭބިސީއަކަށް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވުމަށްވެސް ރައީސް ޑރ.މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.