މުހަައްމަދު ޝިފާޒް އަދި ހަސަން ލަތީފް
ހަބަރު
12 Jan 2025 | 13:43
ހަސަނާއި ޝިފާޒް އެމްޑީޕީއަށް ސޮއިކުރައްވައިފި

ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެޕާޓީގެ ނައިބުރައީސްއަކަށް ހުންނެވި ޝިފާޒް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އެމްޑީޕީންވެސް ވަނީ އެ ދެ ބޭފުޅުން، އެޕާޓީއަށް ސޮއިކުރެއްވިކަން ޔަގީންކޮށްދީފައެވެ. މިކަމާ ގުޅިގެން އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަސަން ލަތީފާއި، މުހައްމަދު ޝިފާޒު އަލުން އެޕާޓީއާ ގުޅުމުން މަރުހަބާ ދަންނަވާކަމަށެވެ. ހަސަން ލަތީފް އާއި ޝިފާޒް އާ ދެ ބޭފުޅުން އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސް އާ ގުޅި ވަޑައިގެންނެވީ އެމްޑީޕީތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދަނިކޮށެވެ.

އޭރު ޝިފާޒް އެމްޑީޕީން ވަކިވެ ވަޑައިގެންނެވިއިރު ހުންނެވޯ ޕާޓީގެ ނައިބުރައީސް ކަމުގެ މަގާމުގައެވެ. ހަސަން ލަތީފް ވަނީ މީގެކުރިން އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމު އަދާކުރައްވާފައެވެ. ހަސަން ލަތީފާއި ޝިފާޒް އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާފައިވާއިރު، ޑިމޮކްރެޓްސްގެ ލީޑަރޝިޕްގައި ތިއްބެވި އިތުރު ބޭފުޅުންތަކެއްވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. މީގެ ތެރޭގައި ހުސައިން އަމްރް، އަލީ އާޒިމްގެ އިތުރުން މުހައްމަދު ރަޝާދުވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ.

ޑިމޮކްރެޓްސްގެ ލިޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ބައެއް މެމްބަރުން އެމްޑީޕީއަށް ސޮއިކުރެއްވިއިރު، އެމްޑީޕީން ވަނީ މީގެކުރިން އެޕާޓީން ފިޔަވަޅު އެޅި ބައެއް ފަރާތްތަކަށް މައާފްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ އަލީ އާޒިމް އާއި ރީކޯ މޫސާމަނިކެވެ. އެމްޑީޕީން ރީކޯ މޫސަ ވަކިވީ ރައީސް ނަޝީދު އެމްޑީޕީގައި ހުންނެވިއިރު، އެމަނިކުފާނުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަނުޖެހިގެންނެވެ. 

އަދި އަލީ އާޒިމް އެމްޑީޕީން ވަކިވީ ރިޔާސީ އިންތިހާބުފެށުމުގެ ކުރިން ޕާޓީތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އެ ހިޔާލުތަފާތުވުންތަކުގައި ރައީސް ނަޝީދަށް ބަޔަތު ހިއްޕެވި ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެ، ފިކުރެއްގެ ދިރުން ނަމުގައި ވަކި ސިޔާސީ ހަރަކާތްތައް ފށައި އެންމެފަހުން ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓިއެއް އުފައްދާފައެވެ.

ކޮމެންޓް
ސަފީގް
މަރުހަބާ، މި ރާއްޖެ މިދަނީ ވަރަށް ނުބައި މިސްރާބަކަށް މި އަދަވަޅުން މި ގައުމު ސަލާމަތް ކުރުމަށް ހުރިހާ އެންމެން ގުޅިގެން އަނެއްކާވެސް މަސައްކަތް ކުރަން ނިވަނީ ޖެހިފައެވެ.
12 Jan 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.