ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
12 Jan 2025 | 14:21
‎މާލެ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަކޮށް ގުރުއާން މުބާރާތެއް ބާއްވައިފި

‎ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަކޮށް ގުރުއާން މުބާރާތެއް ބާއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީގެ ) އިސްނެގުމާއިއެކު، މާލެ ސިޓީ ކައުންސިލް، އަދި ކީރިތި ޤުރުއާންއާއި ބެހޭ މަރުކަޒު ގުޅިގެން ބޭއްވި މި މުބާރާތުގެ މަގްސަދަކީ އަންހެން ކަނބަލުންގެ ހިތުގައި ކީރިތި ޤުރުއާންއަށް ކިޔެވުމުގެ ފަންނު ކުރިއަރުވައި، އެކަމަށް ހިތްވަރުދީ، އެކަކު އަނެކަކު ކައިރިން ހިތްވަރު ލިބި ޤްރުއާން އުނގަންނައިދިނުން ކަމަށެވެ.

‎މި މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ކިޔެވުމަށް އިއުލާންކޮށް ހުޅުވާލެވި، އޮޑިޝަނަކުން މުބާރާތަށް ބައިވެރިން ހޮވުމަށްފަހު ކަމަށާއި، އޮޑިޝަނުން އެންމެ މަތިން މާކްސް ލިބުނު ދަރިވަރުންގެ ތެރެއިން ފުރަތަމަ ރައުންޑަށް ކުދިން ހޮވައި ، ކިޔެވުމަށްފަހު އެ ރައުންޑުންވެސް ކޮންމެ އުމުރުފުރައަކުން އެންމެ މަތީ މާރަކް ލިބުނު 5 ބައިވެރީން ފައިނަލް ރައުންޑަށް ހޮވި، އެ ރަންއުންޑް ކިޔެވުމަށްފަހު އިންސާފުކުރެވިގެންކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

‎މާލެ ސިޓީ ކައުންސިލުން ބުނީ، މި މުބާރާތުގައި ބައިވެރީން 3 ބުރެއްގެމަތިން ކިޔަވާފައިވާއިރު، ފުރަތަމަ ބުރުގައި ހޮވުނު ކުދިންއަށް ކީރިތި ޤުރުއާންއާއި ބެހޭ މަރުކަޒުން ތަމްރީންކުރުމުގެ ގޮތުން ކްލާސްތަކެއް ނަގައިދީފައިވާކަމަށެވެ.

‎މުބާރާތް ބަހާލެވިފައިވަނީ ހަތަރު އުމުރުފުރާ ކެޓެގަރީއަކަށް އަދި އަމުރުފުރާ ތަކަކީ

1) 25 އަހަރާއި 35 އަހަރާއި ދެމެދު

2) 36 އަހަރާއި 45 އަހަރާއި ދެމެދު

3) 46 އަހަރާއި 55 އަހަރާއި ދެމެދު 

4) 55 އަހަރާއި ދެމެދު

އުޚުތުންގެ ޤުރްއާން މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތައް:

25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރައިން :

1 ވަނަ - ޝާމަތު އިބްރާހީމް (25 އަހަރު)

2 ވަނަ - ސައުސަން އިބްރާހީމް (25 އަހަރު)

3 ވަނަ - ޝިފާޒާ ނަޢީމް (33 އަހަރު )

3 ވަނަ - ޢާއިޝަތު ސުހުދާ (33 އަހަރު )

36 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރައިން :

1 ވަނަ - ޢާއިޝަތު ރަޝީދާ (39 އަހަރު)

2 ވަނަ - ޝާމިރާ ޝަމީމް (40 އަހަރު)

3 ވަނަ - ޝިފާ އިބްރާހީމް (36 އަހަރު )

46 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުފުރައިން :

1 ވަނަ - ފަޟްލާޤާސިމް (49 އަހަރު)

2 ވަނަ - ސާމިޔާ ޢަލީ (48 އަހަރު)

3 ވަނަ - ސަންފާ ޢަބްދުލްކަރީމް (55 އަހަރު )

55 އަހަރުން މަތި :

2 ވަނަ - ޢާއިޝަތު އަލީ (62 އަހަރު)

3 ވަނަ - ފަރިޔާލް ޤާސިމް (63 އަހަރު )

މުޅި މުބާރާތުން:

1 ވަނަ - ޝާމަތު އިބްރާހީމް (25 އަހަރު)

2 ވަނަ - ސައުސަން އިބްރާހީމް (25 އަހަރު)

3 ވަނަ - ޝިފާޒާ ނަޢީމް (33 އަހަރު )

3 ވަނަ - ޢާއިޝަތު ސުހުދާ (33 އަހަރު )

‎މުބާރާތް ފަނޑިޔާރުކޮށް ، ފަނޑިޔާރުން ހަމަޖައްސަވާ ދިނުމުގައި އަދި މީގެ އިތުރުން އޮޑިޝަންއިން ހޮވުނު ބައިވެރީންނަށް ތަމްރީން ސެޝަންތައް ކުރިއަށް ގެންގޮސްދިނުމުގައި ކީރިތި ޤުރުއާންއާއި ބެހޭ މަރުކަޒާއި، ހާއްސަކޮށް އުސްތާޒް އަލީ ވަހީދުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ، އިސްލާމިކް މިނިސްޓްރީން ކޮންމެ ބައިވެރިއަކަށް ޚަތިމް ހަދިޔާކޮށްފައިވާކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ