ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޝާން ވާހަކަދައްކަވަނީ..
ހަބަރު
12 Jan 2025 | 14:50
އެބޭފުޅުން ޑިމޮކްރެޓްސް ދޫކޮށްލެއްވީ، މައްސަލައެއް ޖެހިގެނެއްނޫން: ފިރުޝާން

ޑިމޮކްރެޓްސް ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ޕާޓީ ދޫކޮށްލެއްވީ އެއްވެސްކަހަލަ މައްސަލައެއް ޖެހިގެނެއް ނޫންކަމަށް ޑިމޮކްރެޓްސް ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި، ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފާއި، އެޕާޓީގެ ނައިބުރައީސްއަކަށް ހުންނެވި ޝިފާޒް އިއްޔެ އެޕާޓީން ވަކިވެ ވަޑައިގެން، މިއަދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކުރައްވާފައެވެ.

ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އެ ޕާޓީ ދޫކޮށްދިއުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޝާން ވިދާޅުވީ، އެބޭފުޅުން ޕާޓީ ދޫކޮށްލެއްވީ އެއްވެސް މައްސަލައެއް ޖެހިގެން އަދި ހިޔާލުތަފާތުވުމެއް އޮވެގެނެއް ނޫންކަމަށެވެ. ޑިމޮކްރެޓްސް ދޫކޮށް ދިޔަ ބޭފުޅުންނަކީ އެޕާޓީއަށް ވަރަށް ހިދުމަތްތެރި ބޭފުޅުންކަމަށާއި، އެކަން ބަލައިގަންނަކަމަށެވެ. ފިރުޝާން ވިދާޅުވީ މިއީ ސިޔާސީ ޕާޓީގެ ހަޔާތުގައި އަންނާނޭ ދުވަސްތައް ކަމަށާއި، އެޕާޓީން ކުރިއަށްދާނީ އެކަންކަމާ ކުރިމަތިލައިގެން ކަމަށެވެ. ފިރުޝާން ވިދާޅުވީ ޕާޓީ ދޫކޮށް ލީޑަރޝިޕްގެ ބައެއް ބޭފުޅުން ދިޔަނަމަވެސް އެޕާޓީއަށް ހީނަރުކަމެއް ނާންނާނެ ކަމަށާއި، ޕާޓީ ދާނީ ސިޔާސީ ހަރަކާތްތަކައިގެން ކުރިއަށެވެ. 

މިގޮތުން މާދަމާޭ ބޭއްވުމަށް ހަމަޖެހިފައިވާ ޑިމޮކްރެޓްސްގެ ޖެނެރަލް އެސެމްބްލީއަށްފަހު، ޕާތީގެ މުސްތަގްބަލުގެ ލީޑަރޝިޕް ކަނޑައެޅިގެންދާނޭކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރެޓްސް އަކީ އެންމެ ސާފު މެމްބަރުންތިބި ޕާޓީކަމަށާއި، ކުރިއަށްއޮތްތަނުގައި ޑިމޮކްރެޓްސް ފެނިގެންދާނީ ރައްޔިތުންގެ އެންމެ އުއްމީދީ ޕާޓީގެ ގޮތުގައެވެ. މިގޮތުން ޑޮމޮކްރެޓްސް ވެގެންދާނީ ރައްޔިތުން އިތުބާރުކުރާފަދަ ސިޔާސަތުތަކެއް އެކުލަވާލާނެ ޕާޓިއަކަށްކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ މިވަގުތު ޑިމޮކްރެޓްސް ތެރެއިން އިތުރުބަޔަކު ޕާޓީދޫކޮށް ދާން ނޫޅޭކަމަށާއި ރައީސް ނަޝީދުވެސް ހުންނެވީ ޑިމޮކްރެޓްސްއާ އެކުގައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.