މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
13 Jan 2025 | 11:49
ލާންވީ ގަމީހާއި ބޮލުގެ އިސްތަށިގަނޑު ހުންނަންވީ ގޮތްވެސް ކަނަޑައަޅަނީ ސަރުކާރުން؛ މިއީ ބޮޑު ކަންބޮޑުވުމެއް: ޝާހިދު

މި ސަރުކާރު ވެރިކަމަށް އައިސް ރައްޔިތުންގެ ބާރު ކަނޑާލާފައިވާ ކަމަށާ، ރައްޔިތުންގެ ހުރިހާ ކަމެއްވެސް ކަނޑައަޅަނީ ސަރުކާރުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސް އަސާސީ ކަންކަމަށް ސަލާމް ޖަހަން މަޖުބޫރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ކަރަންޓް އަގުހެޔޮ ކުރުމަށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ފެނާއި ނަރުދަމާ އާއި ދަތުރުފަތުގެ ސަބްސިޑީވެސް ކަނޑާލާފައުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އާސަންދަ ކަނޑާލައި މިހާރުވެސް ބޭސ ސިޓީއަށް ސަލާމްޖެހުން އެވަނީ މަޖުބޫރު ކޮށްފައި. ދާއިމީ ބަލިތަކަށް ފަރުވާ ކުރަމުންއައި ދިވެހި ރައްޔިތުންގެ ޓްރީޓްމަންޓް ތަކަށް އާސަންދަ ދިނުން ހުއްޓާލާފައިވާކަން ތަކުރާރުކޮށް އިވެމުން މިދަނީ… ކޮންމެ ރޯދަމަހަކަށް ލިބޭ 3000 ވެސް ހޭދަކުރަންޖެހޭނީ ގަވައިދުން ލިބެމުންދިޔަ ސަބްސިޑީގެ ޚަރަދުތައް ފޫބެއްދުމަށް. އާޚިރު ނަތީޖާ އަކީ ރައްޔިތުން ފުނޑިގެން ދިޔުން. ބޭސް ސިޓީ ހިފައިގެން އަލުން އަނބުރާ މުލިއާގެ ދޮށަށް ސަލާމް ޖަހަން ދާންޖެހުން. 

އަބްދުالله ޝާހިދު 

މިއާއެކު ޝާހިދު ވިދާޅުވީ، މިއަދު ފެންނަމުންދާ ކަންކަމަށް ބަލައިލުމުން ގާނޫނަކީ ކުޅޭކުޅޭ އެއްޗަކަށް ވެފައިވާ ކަމަށާ، ގާނޫނުން ނުބެހޭ ކަމެއް ނެތް ކަމަށެވެ. 

ޒާތީ ދިރިއުޅުމުގެ ހުރިހާ ތަނަކަށް ސަރުކާރުން އަތް ބާނާއިފި. ލާންވީ ގަމީހާއި ބޮލުގެ އިސްތަށިގަނޑު، ޚާއްސަ ގޮތެއްގައި އަޅުގަނޑު ކަންބޮޑުވާ މައްސަލައެއް ބޮލުގެ އިސްތަށިގަނޑުގެ މައްސަލަ، ބޮލުގެ އިސްތަށިގަނޑު ބަހައްޓަންވީ ގޮތާއި، ދުއްވަންވީ ސައިކަލާއި އެކުގައި ކޮފީ ބޯ ރަށްޓެހިން ވެސް ކަނޑައަޅަނީ ސަރުކާރުން. 

އަބްދުالله ޝާހިދު 

މީގެ އިތުރުން، ރައްޔޮތުން ކުރަމުން އަންނަ ވިޔަފާރިތައް، ޓުވީޓެއް ކުރައްވައިގެން ހުއްޓުވައި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ދެމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

އަދި މަޖިލީހުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ދައުލަތުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ގެންނަވައި، އެ މުވައްސަސާތައް ކުޑަކަކޫ ޖައްސަވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމަ އެހެންމެ، މަޖިލީހުގައިވެސް އެއްވެސް މަޝްވަރާ ކުރުމެއް ނޯންނަ ކަމަށާ، މަޖިލިސްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މުށު ތެރޭގައި ކަމަށް ވިދާޅުވިއެވެ. 

އެހެންކަމުން، ޝާހިދު ވިދާޅުވީ، މި ސަރުކާރު އައިސް ރައްޔިތުންގެ ބާރު ކަނޑާލާފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.