ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުއާޒް ހަލީމް
ހަބަރު
13 Jan 2025 | 12:47
ޒީނާޒް ވަކިކޮށް ޕީއެންސީ އެސްޖީއަކަށް ސްޓޭޓް މިނިސްޓަރ މުއާޒް!

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޒީނާޒް ޢަދުނާން ވަކިކޮށް، އެ މަޤާމަށް ޑިފެންސް  މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުއާޒް ހަލީމް ހަމަޖައްސައިފިއެވެ. މި މަޢުލޫމާތު ޕީއެންސީގެ އިސް އޮފިޝަލުން ވަނީ "ވޮއިސް" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.

މި ބަދަލު ގެނެސްފައިވަނީ ޕީއެންސީއަށް އޮޅުވާލައިގެން މީހުން ވައްދާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އޭގެތެރޭގައި އެމްޑީޕީގެ ފަރާތުން ވައިކަރަދޫ ދާއިރާއަށް ދެވަނަ ދައުރަކަށް ވާދަކުރައްވައި، ހޮވިވަޑައިގެންނެވި މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވައްދައިފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެފައިވެއެވެ.

ޒީނާޒް ޢަދުނާން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހަމަޖެއްސީ 2024 މެއި 24 ގައެވެ. އޭނާ ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯކަންވެސް ކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާގައިވެސް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވެއެވެ.

މި ބަދަލާ ގުޅިގެން، ޕީއެންސީގެ އިސް ފަރާތްތަކުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.
11 Aug 2026
އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 51 އިންސައްތަ އިތުރުކޮށްފި
ފިޔަވަޅުގެ ބޭނުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ހޯދެން ހުރި ފުރުޞަތުތައް ފުޅާކޮށް އިމްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން
11 Aug 2026
އެމްއެންޔޫގެ ދެވަނަ ސެމިސްޓަރަށް ގުޅުނު 1400 ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވައިފި
މި ޕްރޮގްރާމުގެ ފެށުމުގެ ތިން ދުވަހުގައި މައިގަނޑު ގޮތެއްގައި ބާރު އެޅީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބަދަލުގައި ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ މައްޗަށެވެ
11 Aug 2026
ހިރިމަރަދޫ ކައުންސިލް އަލުން އިޢާދަކޮށް އިންތިޚާބު ބާއްވަން އެމްޑީޕީން ގޮވާލައިފި
ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ކައުންސިލް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުވާލާފައިވާތީ، އެކަން ބާޠިލުކޮށް ރަށު ކައުންސިލް އަލުން އިޢާދަކުރުމަށްފަހު އިންތިޚާބު ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
11 Aug 2026
މަޖިދީމަގުގައި ރޭގަނޑު މުޒާހަރާ ކުރަން ހުއްދަ ނުދެވޭނެ: އިހްސާން
އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވަން ރާވާ މުޒާހަރާ, މަޖީދީމަގުގައި ކުރިއަށް ގެންދަން ހުއްދަ ނުދެއްވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.