އެސްޓޯނިއާގެ ރައީސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ރައީސް ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Jan 2025 | 10:32
އެސްޓޯނިއާގެ ރައީސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ރައީސް ބައިވެރިވެވަޑައިގެންފި

އެސްޓޯނިއާގެ ރައީސް ޑރ.އަލާރް ކަރިސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުޢިއްޒު ނައިޓްހުޑް ހައުސްއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކަރިސްއެވެ.

މި ފަރިއްކޮޅަށް އިންސާފު ކުރެއްވުން ފެއްޓެވުމުގެ ކުރިން  ދެ ލީޑަރުންވެސް ވަނީ މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށާއި މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގެ އުންމީދު އައު ކުރައްވާކަމުގައި ވިދާޅުވެ، ވާހަކަފުޅުދައްކަވާފައެވެ.

ފަރިއްކޮޅުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ ތާރީޚީ އެންމެ ފުރަތަމަ ދަތުރުފުޅުކަމަށާއި، މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދެޤައުމުން ދޭ ސަމާލުކަން ކަމަށެވެ.

ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާއެކު އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތަޢުރީފު ހައްޤު ކާމިޔާބީތަކެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

މިއާއިއެކު، ރައީސް ޑރ.މުޢިއްޒު ވަނީ ދެ ޤައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާއި ހަމައިގައި ކަމަށާއި އެ ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް އިޙުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަޤުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ.މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.