އުމްރާވެރިން ތަކެއް
ހަބަރު
14 Jan 2025 | 11:33
އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ 19 ކުންފުންޏެއް ޖޫރިމަނާ ކޮށްފި

އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ 19 ކުންފުންޏެއް ޖޫރިމަނާ ކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، އުޞޫލާ ޚިލާފުވި މިންވަރަށް ބަލައި، 19 ކުންފުންޏެއް 5,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން، އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދޫކޮށްފައިވާ ރަސްމީ ލައިސަންސް ބޭނުންކޮށްގެން އުމްރާއަށް ދިއުމަށް ކަމަށް ބުނެ އެމްއެމްއޭ އިން ޑޮލަރު ނަގައި، އުމްރާއަށް ނުގޮސް ހުރި ކުންފުންޏެއް ފާހަގަކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި މައްސަލަ އިތުރަށް ބަލައި، މިނިސްޓްރީއަށް މިކަން ސާބިތުވެއްޖެނަމަ، އެ ކުންފުނި 30,000 ރުފިޔާއިން ޖޫރިމަނާކޮށް، ހުއްދަ ހިފަހައްޓައި، މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުންނާ ހަވާލުކުރެވޭނެ," ވަޒީރު ވިދާޅުވިއެވެ.

މި ފިޔަވަޅު އަޅަން ޖެހުނު ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، ޑޮލަރު ދޫކުރެވެނީ ފުރުމުގެ ޓިކެޓާއި ކަމާބެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ކަމަށާއި، މި ހާލަތުގައި ދޮގު ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލުކުރަން ގެޒެޓްކޮށްފައިވާ އުޞޫލަށް ޢަމަލު ނުކުރާ ހުރިހާ ކުންފުނިތަކަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.