ހުސައިން އަމްރު
ހަބަރު
14 Jan 2025 | 12:26
‎އެމްޑީޕީ އާ ދަ ޑިމޮކްރެޓްސް ވެސް ފުރިހަމައަށް ހިންގުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް މުހިއްމު ކަމެއް: އަމްރު

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ވެސް ފުރިހަމައަށް ހިންގުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ނުހަނު މުހިންމު ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވަނީ އޭނާގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި އަމްރު ފާހަގަކުރައްވާފައިވަނީ ދެ ޕާޓީގައި ވެސް ތިބީ ގިނަ ދުވަހު އެކުގައި ސިޔާސީ މަސައްކަތް ކުރެވިފައިވާ ރައްޓެހިން ކަމަށެވެ.

"ދަ ޑިމޮކްރެޓްސްގައި ތިބީ ވެސް އެކުގައި ގިނަ ސިޔާސީ މަސައްކަތް ކުރެވިފައިވާ ރައްޓެހިން. އެމްޑީޕީގައި ވެސް ތިބީ ފާއިތުވި ވިއްސަކަށް އަހަރު އެކި ގޮތްގޮތުން އެކީގައި މަސައްކަތް ކުރެވިފައިވާ ރައްޓެހިން،" އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދަ ޑިމޮކްރެޓްސްގައި ތިބީ ޤާބިލު، ހިތްވަރުގަދަ އަދި ސިޔާސީ ކުރިމަގު އުޖާލާ ޒުވާން ލީޑަރުންނެވެ. އަދި އެ ބޭފުޅުންނަށް އޭނާ އެދެނީ ކުރިއެރުމާއި ކާމިޔާބީ ކަމަށް ވެސް ވިދާޅުވިއެވެ.

"އެމީހެއްގެ ވިސްނުން ހުރި ގޮތަކަށް ކުރިޔަށް ދިޔުމަކީ އެންމެނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެން،" އަމްރު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ތެރެއިން އެ ޕާޓީ ދޫކޮށް ދަ ޑިމޮކްރެޓްސް ނަމުގައި އައު ޕާޓީއެއް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެކަކީ އަމްރެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާ ގުޅިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.