އިންޑިއާއިން ހުޅުވި ޓަނަލް.. ފޮޓޯ: އަރަބްނިއުސް
ހަބަރު
14 Jan 2025 | 19:00
އުތުރު ބޯޑަރަށް ފަސޭހައިން ދިޔުމަށް އިންޑިއާއިން ޓަނަލެއް ހަދައިފި

އިންޑިއާގެ އުތުރުގެ ފަރުބަދަތައް ކަނޑައިގެން ހަދާފައިވާ 6.4 ކިލޯމީޓަރުގެ ޓަނަލެއް ބޮޑުވަޒީރު މޯދީ ހުޅުވައިދެއްވައިފިއެވެ.

ފިނިމޫސުމުގައި، ކޮންމެ އަހަރަކު 4 ވަރަކަށް މަސްދުވަހަށްވުރެ ގިނަ ދުވަހު ސްނޯގެ ސަބަބުން މި ޓަނަލް ކަނޑާފައިވާ ސަރަހައްދު އޮންނަނީ އެއްގަމު ދަތުރުފަތުރު ނުކުރެވޭތީ އެހެން ސަރަހައްދުތަކާ އެކަހެރިވެފައެވެ. އެހެންކަމުން އެސަރަހައްދާއި އިންޑިއާގެ އެހެން ސަރަހައްދުތައް ގުޅާލުމަށް މިއީ މުހިއްމު ޓަނަލެކެވެ.

ސޮންމާގް ނުވަތަ ޒީ-މޯރހް ގެ ނަމުން ނަންދީފައިވާ މި ޓަނަލް ގުޅާލާ ސަރަހައްދަކީ އިންޑިއާގެ އުތުރުން ޗައިނާ އަދި ޕާކިސްތާނާއި ސަރަހައްދީ އިން ވަކިވާ ސަރަހައްދުވެސް މެއެވެ. މި ޓަނަލް ވެގެންދާނީ ހަނގުރާމައިގެ ހާލަތެއްގައި ސަރަހައްދީ އިމުގެ ކައިރިއަށް ސިފައިންނާއި ހަތިޔާރާއި އުޅަނދުފަހަރު އުނދަގުލެއް ނެތި ގެންދާނެ މަގަކަށްވެސްމެއެވެ. ހަމައެއާއެކު ލަދަކްއާއި ކަޝްމީރު ގުޅުވައިދޭ މަގަކަށްވެސް މި ޓަނަލް ވެގެންދާނެއެވެ.

313 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހެދި މި ޓަނަލްގެ މަސައްކަތްކުރަނިކޮށް ކަޝްމީރުގެ ހަނގުރާމަވެރިން ވަނީ ޓަނަލްގެ މަސައްކަތުގައި އުޅުނު 7 މީހަކު މިދިޔަ އޮކްޓޯބަރު މަރާލާފައެވެ.

ޓަނަލް ހިމެނޭ މަގުގައި 13 ކިލޯމީޓަރުގެ އިތުރު ޓަނަލެއް ހެދުމުގެ މަސައްކަތްވެސް އިންޑިއާއިން ދަނީ ކުރަމުންނެވެ. އެޓަނަލުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އިންޑިއާގެ ކަމާ ބެހެ ފަރާތްތަކުން އަންދާޒާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.