ޕީޕީއެމްގެ ލީޑަރޝިޕަށް އާ ތިން ނައިބުން، އެކަކަކީ ޣައްސާން!

20 Apr 2019 | 23:54

ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއަށް ޣައްސާން މައުމޫން ހިމެނޭގޮތަށް އާ ތިން ނައިބު ރައީސުން ހަމަޖައްސައިފިއެވެ.

މިބޭފުޅުން މިމަގާމަށް އައްޔަންކޮށްފައިވަނީ މިރޭ އޮތް އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ.

މިރޭ، ޕީޕީއެމްގެ ނައިބު ރައީސުންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ، ގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރ ޣައްސާން މައުމޫނާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މި ބޭފުުޅުން މި މަގާމަށް އައްޔަންކޮށްފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕް ބަދަލުކޮށް، ޕާޓީ ހަރުދަނާކުރަން ޖެހޭކަމަށް ބުނެ ގިނަ ފަރާތްތަކުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ. މި ބީދައިން އެންމެ ބޮޑަށް ގޮވާލައްވާފައިވަނީ އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރ އަހުމަދު ނިހާން ހުސައިން މަނިކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިހާން ވަނީ ޣައްސާން ޕީޕީއެމްގެ ލީޑަރޝިޕްގައި އިންނަވަން ކަމަކުނުދާނެކަމަށް ފާޅުކަންބޮޑު ގޮތެއްގައި ޓްވިޓަރގައި ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް