ފުވައްމުލަކު ސިޓީ
ހަބަރު
15 Jan 2025 | 10:04
ފުވައްމުލަކުގައި ޓޫރިޒަމް ތަރައްގީކުރަން ނުވަ ބިމެއް ދޫކުރަނީ

ފުވައްމުލަކުގައި ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަކޮށް ނުވަ ބިމެއް ކުއްޔަށް ދޫކުރަން ކައުންސިލުން ނިންމައި ބިންތައް އިއުލާނުކޮށްފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، މި ދޫކުރެވޭ ބިންތަކަކީ ބަނދަރު ސަރަޙައްދުން ޑައިވިންގ ސްކޫލްގެ ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެއް ކަމަށެވެ. އަދި ދޫކުރެވޭ ބިންތަކަކީ 1200 އަކަފޫޓްގެ 09 ބިން ކަމަށެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ، ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެން ކަމަށާ، އެގޮތުން ބިޑް ޑޮކިއުމެންޓެއްގެ އަގަކީ $100.00 (އެއްސަތޭކަ އެމެރިކާ ޑޮލަރ) ކަމަށެވެ. އަދި (IUL)468-APS/468/2024/251 ނަންބަރ އަދި (IUL)468-APS/468/2024/314 ނަންބަރ އިޢުލާން އާއި ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 21 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ފަރުދެއްނަމަ ނަމާއި އެޑްރެސް/ ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކުރުމަށް އެދިފައިވެއެވެ.

އަދި ރަޖިސްޓްރީ ކުރި ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 22 އަދި 23 ޖެނުއަރީ 2025 ގެ ރަސްމީ ގަޑީގައި ކަމަށްވެސް ބުންޏެވެ. 

ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން 27 ޖެނުއަރީ ވާ ހޯމަ ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ކުރުނދުމާ މާލަމް ގައި އޮންނާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. 

އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 02 ފެބްރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ކުރުނދުމާ މާލަމް ގައި ކަމަށް ބުނެފައިވެއެވެ. 

ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް މިދިޔަ އަހަރުވެސް ބިންތަކެއް ދޫކޮށްފައިވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.