Advertisement

އަބްދުﷲ ޝާހިދު މަޖިލިސް މެންބަރުކަމަން ދެން ފެނިވަޑައި ނުގަންނަވާނެ ކަމަށް އިއުލާނު ކުރައްވައިފި

11 Oct 2018 | 21:08

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި އަބްދުﷲ ޝާހިދު އެކަން އިއުލާނު ކުރައްވައިފިއެވެ. 

އަބްދުﷲ ޝާހިދު މިކަން އިއުލާނު ކުރައްވާފައިވަނީ އެބޭފުޅާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށެވެ. 

ދެން ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަގާމަކުން ކަމުގެ އިޝާރާތެއްވެސް ޓްވިޓާ އެކައުންޓް މެދުވެރިކޮށް އަބްދުﷲ ޝާހިދު ވަނީ ދެއްވާފައެވެ.

އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަން ފައްޓަވާފައިވަނީ 1995 ވަނަ އަހަރުން ފެށިގެންނެވެ. 

މެދުކެނޑުމެއް ނެތި 23 އަހަރު ވަންދެން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުނަށް ހިދުމަތް ކުރުމުގެ އިތުރުން އެބޭފުޅާވަނީ މަޖިލީހުގެ ރައީސްކަންވެސް އަދާ ކުރައްވާފައެވެ.

Advertisement

ކޮމެންޓް