ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު: ފޮޓޯ/ ސިޓީ ތަކާ ބެހޭ ވުޒާރާ
ހަބަރު
16 Jan 2025 | 13:31
އިނގުރައިދޫ އާއި މާވަށަށް ފަޅު ރަށެއް ހަމަޖައްސައިފި

ރ. އިނގުރައިދޫ ކައުންސިލަށާއި ލ. މާވަށު ކައުންސިލަށް ފަޅުރަށެއް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ހާމަކުރެއްވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރައީސް މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް އިޢުލާނު ކުރެއްވި ޕްރޮޕޯސަލްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވެއެވެ.

މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީ އާ ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މިގޮތުން ރ. އިނގުރައިދޫ ކައުންސިލަށް ރ. ނޭވާ، އަދި ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލި ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ދ. ފެންފުށި ހަވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިނިސްޓަރ އާދަމް ޝަރީފް އުމަރު އޭނާގެ ޕޯސްޓުގައި ރ. އިނގުރައިދޫ، ދ. އަތޮޅު އަދި ލ. މާވަށު ކައުންސިލް އަށާއި އެ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައިވެއެވެ.

ކޮމެންޓް
ބަޗީ
މަރްޙަބާ. ތިޔަ ފަދަ ރައްޔިތުންނަށް މަންފާ ހުރި ކަންތައްތަކަށް މިސަރުކާރު ވަރަށް ސަމާލުކަންދޭ.
16 Jan 2025
ގުޅޭ ލިޔުންތައް
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.