ވ އާރަށު މައްސަލައިގައި ހެކިތަކާ ގުޅޭ އަޑުއެހުން ސުޕްރީމް ކޯޓުގައި ފެށުން
ހަބަރު
20 Jan 2025 | 12:20
އާރަށް މައްސަލަ: އައު ހެކިތައް ހުށަހަޅަންޖެހުނީ ދިފާއީ ހެކިން ދޮގު ހަދާފައިވާތީ: ދައުލަތް

ވ.އާރަށް މައްސަލަ ކުރިއަށް ދަނިކޮށް ދައުލަތުގެ ފަރާތުން އައު ހެކިތަކެއް ހުށަހަޅާފައިވަނީ، ދިފާއުން ހުށަހެޅި ހެކިވެރިން ދޮގު ހަދައި، އެ ފަރާތްތައް ދެއްކެވި ވާހަކަ ތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށް ދައުލަތުން ބުނެފިއެވެ.

ވ އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް  ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ތުހުމަތު ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގާފައުވާއިރު، ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެއެވެ.

އެއީ؛

1) ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުން

2) ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުން

3) ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުން

ހައިކޯޓުގެ ހުކުމުގައި ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އަންގާފައިވާ އެންގުން ބާތިލް ކިރަން ދައުލަތުން ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. 

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ސްޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ޝަރީއަތް ކުރިއަށް ދަނިކޮށް އައު ހެކިތަކެއް ހުށަހެޅުމަކީ އަލަށް ކުރާ ”އީޖާދީ ކަމެއް ނޫން“ ކަމަށެވެ. އަދި އައު ހެކި ތަކެއް ހުށަހަޅަން ޖެހުނު ސަބަބުތަކުގެ ތަފްސިލްވެސް ވަކީލު ވަކީ ހާމަކޮށްދެއްވާފައެވެ. 

އައު ހެކިތައް ހުށަހެޅި މައިގަނޑު ސަބަބަކީ ދިފާޢީ ހެކިން ދެއްކި ވާހަކަތަކުގައި ސުވާލު އުފެދޭ ދޮގު ވާހަކަތަކެއް ހުރިކަމަށް ފާހަގަވެގެން ބެލި ބެލުމުން އެކަމާ ގުޅޭ ހެކިތަކެއް އަޅުގަނޑުމެންނަށް ފާޅުވީ 

ދައުލަތް

އޭގެ ތަފްސީލަށް ވަޑައިގަންނަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މައްސަލައިގެ ތަހްގީގުގައި ރައީސް ޔާމީނާއި ޔޫސުފް ނަޢީމް ހާޒިރުކޮށް އެ މައްސަލައާއި ގުޅޭ މާއުލޫމާތު ފޯރު ކޮށްދީ، ކުރެވޭ ތުހުމަތު ތަކާއި ގާނޫނުގެ ދަށުން ދިފާޢަށް ލިބިދޭ ހައްގުތައްވެސް ކިޔައިދެވުނު ކަމަށެވެ. އެގޮތުން، ހަނު ހުރުމުގެ ހައްގުތަކެއް ވާ ކަމަށް ބުނެދެވުނު ކަމަށާ އެހެން ނަމަވެސް ތަހުގީގުގައި ތިމާއާ އެއްކޮޅަށް ހާމަކުރެވެން ހުރި ވާހަކައެއް ހުރި ނަމަ ހާމަ ކުރެވޭނެ ކަމަށް ކިޔައިދީފައިވާ ކަމަށް ވިދާޅުވިއެވެ. އެއާއެކު ރައީސް ޔާމީނާއި ޔޫސުފް ނައީމްވެސް ހަނު ހުރުމުގެ ހައްގު ބޭނުން ކުރެއްވިކަން ވަކީލް ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް އެއް މިލިއަން ޑޮލަރުގެ ވާހަކަ މި ދައްކަނީ. އަދި މި އެއް މިލިއަން ޑޮލަރަކީ ކޮން ފައިސާއެއްތޯ ތަހުގީގުގައި މި ސުވާލު ކުރަނީ. ތިމާއާ އެއްކޮޅަށް ބޭނުން ކިރެވޭނެ މައުލޫމާތެއް ހުރިއްޔާ ހާމަ ކުރާށޭ… ހަނު ހުންނެވުމަށްފަހުގައި ޝަރީއަތަށް ވަޑައިގެން ވިދާޅުވީ، އެ އެއްމިލިއަން ޑޮލަރަކީ ޑޮލަރު މާރު ކުރުމަށް ދިން އެއް މިލިއަން ޑޮލަރޭ. ހަގީގަތަކީ ޖިނާޢި އިޖުރާއަތުގެ  47 ވަނަ މާއްދާގެ ބ ގެ ބޭނުމަށް މި މައުލޫމާތު ތަހުގީގު މަރުހަލާގައި ހާމަކުރަން ޖެހޭނެ އޭ. އެއީ ތިމާއާ ދެކޮޅަށް ބޭނުން ނުކުރެވޭނެ މައުލޫމާަތަށް ވާތީ.

ދައުލަތް

ޑޮލަރު މާރު ކުރުން ދިފާއުގެ ގޮތުގައި ހާމަކުރައްވައި، އެކަން ސާބިތު ކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ޝަރީއަތުގެ މަރުހަލާގައި ހެކި ތަކެއް ހާމަކުރެއްވި ކަމަށާ، އެ ހެކިތައް ހާމަ ކުރެވުނު ހިސާބުންވެސް އެ ހެކިންނާމެދު ޝައްކުގެ ނަޒަރުން ބެލުމުގެ ފުރުސަތު ގާނޫނުން ހުޅުވައިދޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ. 

އަދި އެ ހުށަހެޅުއްވި ހެކިންގެ ހެކިބަހުގައުވެސް ހަމަނުޖެހޭ ކަންކަން ހުރިކަން ފާހަގަވެގެން ދިޔަ ކަމަށާ އެކަމުގެ ސަބަބުން ޝަރީއަތަށް އައު ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތެއް ހުޅުވިގެންދާ ކަމަށް ދައުލަތުން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.